25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މެލޭޝިއާގެ ކޮރަޕްޝަން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ހައްޔަރުކޮށްފި

 • ހައްޔަރުކުރީ ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުގައި
 • ހައްޔަރުކުރީ އެންޓިކޮރަޕްޝަން ކޮމިޝަނުން
 • ބޮޑެތި ތުހުމަތުތަކެއް ކުރެވޭ
މިއުވާން މުހައްމަދު | Miuvaan

| 3 ޖުލައި 2018 | އަންގާރަ 13:35 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 7. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ނަޖީބު ރައްޒާޤް މާލޭގައި -- ޓްވިޓަރ

ކޮރަޕްޝަންގެ ތުހުމަތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ރާއްޖެ ގަޑިން 12:00 ޖަހާ އެހާއިރުއެވެ. އޭނާ ހައްޔަރުކުރީ މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުންނެވެ. އަދި އިތުރު ތަފްޞީލް ހާމަކުރާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ. ނަޖީބު ރައްޒާޤް އެކޮމިޝަނަށް ހާޒިރުކޮށް މިއަދު ސުވާލުކުރެވޭނެއެވެ. 

ނަޖީބުގެ އާއިލާގެ ވަކީލު ޗެނަލް ނިއުސް އޭޝިއާގައި އަންގާރަ ދުވަހު ބުނެފައި ވަނީ 1އެމްޑީބީގެ މައްސަލައިގައި ނަޖީބުގެ މައްޗަށް ބުދަ ދުވަހު ޝަރީއަތް ފަށާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މެލޭޝިއާގެ އެންޓިކޮރަޕްޝަން އޭޖެންސީން ވަނީ ނަޖީބު ރައްޒާގުގެ ދޮންދަރިފުޅެއް އަދި ހޮލީވުޑް ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ރިޒާ އަޒީޒްއާ ސުވާލުކޮށްފައެވެ. ރަސްމީ ހެދުންކޮޅުގައި އެންޓިކޮރަޕްޝަން އޮފީހަށް ވަޑައިގެންނެވި ރިޒާ ރިޕޯޓަރުންނާ ވާހަކަދައްކަވާފައެއް ނުވެއެވެ.

ތުހުމަތުކުރެވޭ ކޮރަޕްޝަނާއި 1 އެމްޑީބީގެ ފަންޑުގެ ޚިޔާނާތުގެ ތުހުމަތާ ގުޅިގެން ނަޖީބުގެ ކޯލިޝަނަށް މެއިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އުއްމީދު ނުކުރާ ފަދަ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފައެވެ.

ނަޖީބުގެ ވެރިކަމުގައި އޮއްބާލަފައި ވަނިކޮށް އައު ސަރުކާރުން ވަނީ ތަހުގީގު އަލުން ފަށާފައެވެ.

އެމެރިކާގެ ތަހުގީގު ޓީމުން ބުނެފައިވާ ގޮތުގައި ރިޒާގެ ކުންފުނި، ރެޑް ގްރެނައިޓް ޕިކްޗަރސް ކޯޕަރޭޝަނުން ވަނީ 1 އެމްޑީބީން ވަގަށް ނަގާފައިވާ ފައިސާ ބޭނުންކޮށްފައެވެ.

މާޓިން ސްކޯސެސް ޑައިރެކްޓްކޮށްފައިވާ ދި ވުލްފް އޮފް ވޯލްސްޓްރީޓްއަކީ އެ ފައިސާ ބޭނުންކޮށްގެން އުފައްދާފައިވާ ފިލްމެއް ކަމަށް ތަހުގީގު ޓީމުން ބުނެއެވެ. 

ރެޑްގްރެނައިޓުން މާޗް މަހު ވަނީ 1 އެމްބީޑީގެ ތެރެއިން އެކުންފުންޏަށް ފައިދާވި ކަމަށް އެމެރިކާގެ ސަރުކާރުން ބުނާ 60 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދެއްކުމަށް އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުންނާނީހޭއަރާފަ!

10 މަސް ކުރިން

ހުންނާނީހޭއަރާފަ!

0
0