16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

  • ޖީބު ތެރެއިން ފެނުނު ކޮތަޅެއްގައި މަަސްތުވާތަކެތި
  • ހެކި ބަހުންނާއި ތަހުލީލު ރިޕޯޓުން ސާބިތުވޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 20 ޖެނުއަރީ 2017 | ހުކުރު 03:15 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކްރިމިނަލް ކޯޓް: އެއްލައްކަ ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ، ހ. ފިލްމީ ސައިޓް، ވިޝާމް މުހައްމަދުގެ މައްޗަށެވެ.

މުހައްމަދު ވިޝާމް އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، 2013 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހު މާލޭ ހާބަރު ސަރަހައްދުން މީހަކު މަސްތުވާތަކެތި ހިފައިގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލާފާސްކުރި އިރު، އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ފެނުނު ކަރުދާސް ގަނޑެއްގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

އެ ޖޫސްޕެޓީ ކޮތަޅުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 8.9 ގްރާމް ހުރިއިރު، އެތަކެތި ވަނީ ޑައިމޯފިން އަށް ޕޮޒިޓިވް ވެފަ އެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާއާ ގުޅިގެން ހިންގި ޝަރީއަތުގައި އޭނާގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ، އޭނާގެ ޖީބުން ޖޫސްޕެޓި ކޮތަޅެއް ފެނުނުކަން ހެކިންގެ ހެކި ބަހުން އެނގެން އޮންނާތީއާއި، އެ ކޮތަޅުން ފެނުނު ތަކެތި ޑައިމޯފިން އަށް ޕޮޒިޓިވްވާކަން ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ "ހ" ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން އޭނާ ކުށްވެރިވެފައިވާ ކަމަށެވެ.

 

މުހައްމަދު ވިޝާމް އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ "ހ" އާއި ހަވާލާދީ، އެ މާއްދާގެ "ނ" ގެ ދަށުންނެވެ. ހުކުމުގައި ވާގޮތުން، އެއްމަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަންޖެހޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް