18 އޭޕުރިލް 2019 | ބުރާސްފަތި | 12 އައްސިދަ
11 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:58
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ސްޓެލްކޯ

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

  • ހަ ޓަނުގެ ފޯކްލިފްޓަކަށް އޯޑަރުދިނީ
  • އެ މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓުގައި
އަޒުމޫން އަހުމަދު | azmoon_ahmed

| 20 ޖެނުއަރީ 2017 | ހުކުރު 03:10 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  3. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  6. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  7. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި
  8. ލިކަމެކް ނައިޓް މާކެޓް ހުޅުވައިފި


ސްޓެލްކޯ: ސެންޓާ އެންޓަޕްރައިސަސް އިން ގެނައި ފޯކް ލިފްޓާ ހަވާލުވާން ވަނީ ދެކޮޅު ހަދާފަ -- ގޫގުލް

ޓަގް ބޯޓެއްގެ މައްސަލައިގައި އެމްޕީއެލް އިން 160 މިލިއަން ރުފިޔާ ދައްކަން ޖެހުނު ސެންޓާ އެންޓަޕްރައިސަސް ކުންފުނިން، ފޯކް ލިފްޓެއްގެ މައްސަލައިގައި 46.9 މިލިއަން ރުފިޔާ ހޯދުމަށް ސެްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސެންޓާ އެންޓަޕްރައިސަސް އިން ސްެޓެލްކޯއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނިން ސްޓެލްކޯއަށް ގެނެސްދިން ހަ ޓަނުގެ ފޯކްލިފްޓެއްގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 1.3 މިލިއަނެއްހާ ރުފިޔާ އާއެކު އެ ފައިސާ ނުދެއްކުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 46.9 މިލިއަން ރުފިޔާ ހޯދުމަށެވެ.

 ސެެންޓާ އެންޓަޕްރައިސަސް އާއި ސްޓެލްކޯއާ ދެމެދު މައްސަލަ ޖެހުނީ، ފޯކްލިފްޓާ ހަވާލުވާން ސްޓެލްކޯ އިން ދެކޮޅު ހެދުމުންނެވެ. ސްޓެލްކޯ އިން ބުނަމުންދަނީ އެއީ އެކުންފުނިން އޯޑަރު ދިން ކަހަލަ ފޯކްލިފްޓެއް ނޫން ކަމަށެވެ. އެގޮތުން އޯޑަރު ދިނީ ހަ ޓަނުގެ ފޯކްލިފްޓަކަށް ކަމަށާއި ނަމަވެސް، ގެނެސްފައިވަނީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ސްޓެލްކޯ އިން ދަނީ ބުނަމުންނެވެ.

ސްޓެލްކޯ އިން ވަނީ ފޯކްލިފްޓާ ހަވާލުވާން ދެކޮޅު ހަދައި، އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ސެންޓާ އެންޓަފްރައިސަސް އަށް އަމުރުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ސްޓެލްކޯ އިން އެދުނު ގޮތަށް، 2015 ވަނަ އަހަރުގެ ޖެނުއަރީގައި ސިވިލް ކޯޓުން އަމުރުކުރި ނަމަވެސް، އެ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ. ސްޓެލްކޯ އިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު، މިހާރު ވެސް އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ސެންޓާ އެންޓަޕްރައިސަސް އިން ސިވިލް ކޯޓުގައި ކުރި ދައުވާއާއި ގުޅިގެން އެ ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ، ސުޕްރީމް ކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ ގަޒިއްޔާ ނިމުމުގެ ކުރިން ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

 

ސެެންޓާ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރިއިރު، ޓަގް ބޯޓުގެ މައްސަލައިގައި އެ ކުންފުނިން އެމްޕީއެލްއާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެކުންފުންޏަށް 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެމްޕީއެލްގެ މައްޗަށް އަމުރުކޮށް ހުކުމް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް