19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ކޮރަޕްޝަން

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

  • 5.4 މިލިއަން ރުފިޔާއަށް ދެ އެކްސްކަވޭޓަރ ގަނެފައިވާ މައްސަލަ
  • ޑޮލަރު ގަތީ ބޭންކް ރޭޓަށް ވުރެ ބޮޑުކޮށް
އަޒުމޫން އަހުމަދު | azmoon_ahmed

| 19 ޖެނުއަރީ 2017 | ބުރާސްފަތި 00:31 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އޭސީސީ: ފައިސާ އަނބުރާ ހޯދުމަށް ވެސް ދައުވާކުރަން ވަނީ ފޮނުވާފަ -- އާކައިވް

ކުރީގެ ވޯކްސް ކޯޕަރޭޝަނަށް ދެ އެކްސްކަވޭޓަރު ގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ، އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފި އެވެ.

 

ވާރކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އެއީ ކޮން އިރެއްގެ މައްސަލައެއް ކަމެއް އަދި އެއީ ކޮން ފަރާތެއް ކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ. އެ މައްސަލަ ޕީޖީ އަށް ފޮނުވީ ޕްރޮކިއުމަންޓް އުސޫލުތަކާއި ޚިލާފަށް ޕްރައިވެޓް ކުންފުންޏަކުން 5.4 މިލިއަން ރުފިޔާއަށް ދެ އެކްސްކަވޭޓަރ ގަނެފައިވާ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށް ފަހުގަ އެވެ.

 

އެ މައްސަލައާ ގުޅޭ ގޮތުން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ދެ އެކްސްކަވޭޓަރ ގަތުމަށް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި ޔޫއެސް ޑޮލަރު އެކްސްޗޭންޖް ރޭޓަކީ 13.75ރ. ކަމަށް ބަޔާންކޮށްފައިވާއިރު، އޭރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޔޫއެސް ޑޮލަރު ގަންނަ ރޭޓަކީ 12.85ރ. ކަމަށެވެ.

 

ޑޮލަރ ގަންނަ އަގާއި ވިއްކާ އަގު ކަމަށް އެމްއެމްއޭ އިން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި، އެއްވެސް ފަރާތަކުން ޑޮލަރު ގަނެ ނުވަތަ ވިއްކުމަކީ މަނާ ކަމެއް ކަމަށް މަނިޓަރީ ގަވާއިދުގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ބޭރު ފައިސާ ގަނެވިއްކާ އަގަށް އިތުރު ކޮމިޝަނެއް ނެގުން ހުއްދަ ކުރުމުގެ އިޚްތިޔާރު އެމްއެމްއޭ އަށް ލިބިގެންވާ ކަމާއި، އެނޫން ހާލަތެއްގައި ބޭރު ފައިސާ ގަނެ ވިއްކާ އަގަށް އިތުރު ކޮމިޝަނެއް ލައިގެން ބޭރު ފައިސާ ގަނެ ނުވަތަ ވިއްކުމަކީ މަނާ ކަމެއް ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

 

އޭސީސީން ބުނީ ދެ އެކްސްކަވޭޓަރ ގަތުމަށް އޭރު އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޑޮލަރ ގަންނަ ރޭޓަށްވުރެ ބޮޑުކޮށް، 13.75ރ. ގެ ރޭޓުން އަމިއްލަ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރީ އޭރު ޑޮލަރު ލިބުން ދަތި ކަމަކަށް ވާތީ ކަމަށް، ވާރކްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ބުނެފައިވީ ނަމަވެސް، ވާރކްސް ކޯޕަރޭޝަންގެ ފަރާތުން ޕޭމަންޓް ދެއްކުމަށްޓަކައި ޑޮލަރު ހޯދުމަށް އެއްވެސް މަސައްކަތެއްކުރިކަމެއް އެކޯޕަރޭޝަންގެ ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ދެ އެކްސްކަވޭޓަރަށް ޕޭމަންޓް ދައްކާފައިވަނީ ދިވެހި ފައިސާއިން ކަމަށް ވެސް އޭސީސީން ބުނެއެވެ.

 

އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޑޮލަރު ރޭޓަށް ވުރެ ބޮޑުކޮށް ޕޭމަންޓް ދައްކާ ގޮތަށް ވާރކްސް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނުން އެކްސްކަވޭޓަރުތައް ސަޕްލައިކޮށްދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އަށްވުރެ އިތުރަށް 358,200ރ. ދައްކާފައި ވަނީ، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދާ ޚިލާފަށް ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި މަނިޓަރީ ގަވާއިދުގައި ބަޔާންކުރާފަދަ ހުއްދައެއް ވޯކްސް ކޯޕަރޭޝަނުން ހޯދާފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

 

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ އެ އަމަލަކީ ވޯކްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލައަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށެވެ.

 

އެ މައްސަލައާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން ވާރކްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިއިރު، އެ މައްސަަލައާ ގުޅިގެން އެ ކޯޕަރޭޝަނަށް 358,200ރ. ގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ އެގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ވަނީ ހުށަހަޅާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް info[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް