22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ހޮލީވުޑް

އެންޖެލީނާގެ ހުއްދައާއި ނުލާ ދަރިންނާއި ބައްދަލު ކުރެވޭތީ ބްރެޑް ޕިޓް ހުރީ ވަރަށް އުފަލުން

  • ދަރިންނަކީ ޕިޓް އަށް ވަރަށް މުހިއްމު ބައެއް
  • ޕިޓް މިހާރު އަބަދުވެސް ހުއްޓައިނުލާ ދައްކާނީ ދަރިންގެ ވާހަކަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ޖުލައި 2018 | އަންގާރަ 03:46 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް -- ގޫގުލް

ހޮލީވުޑްގެ ތަރި ބިރެޑް ޕިޓަށް އޭނާގެ ދަރިންނާއި އެކު ގިނަ ވަގުތު ހޭދަ ކުރެވޭތީ އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށް ޚަބަރުތައް ބުނެފިއެވެ.

އުމުރުން 54 އަހަރުގެ ޕިޓް ވަނީ ދާދިފަހުން އޭނާގެ ދަރިންނާއި އެކު ލަންޑަންގައި ފާދާސްޑޭ ފާހަގަ ކޮށްފައެވެ.

އަދި ވަރަށް އަވަހަށް އަނެއްކާވެސް ދަރިންނާއި ބައްދަލު ކުރުމަށް ލަންޑާނަށް އޭނާ ދާން އުޅޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕިޓްގެ ދަރިން މިދުވަސްކޮޅު ލަނޑަންގައި ތިބީ އެކުދިންގެ މަންމަ ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޮލީ "މެލްފިޝަންޓް 2" ލަންޑަންގައި ޝޫޓް ކުރަމުންދާތީ އެވެ.

ޖޮލީ އާއި ޕިޓްގެ ކައިވެނި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ގައި ރޫޅި ކުދިންގެ ބަލަދުވެރިކަމުގައި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.

ކޯޓުން ބުނެފައި ވަނީ ކުދިންގެ ބައްޕައާ ދުރުކުރުމަކީ ކުދިންނަށް ގެއްލުން ހުރި ކަމެއް ކަމަށެވެ. އަދި ޕިޓާއި ކުދިންނާ ގުޅުން ކަނޑުވައިފި ނަމަ އެންޖެލީނާ 43، ގެ އަތުން އެކުދިން ބެލުމުގެ ބާރު ނެގޭނެ ކަމަށް ކޯޓުން ބުނެފައި ވެއެވެ.

ކޯޓު އަމުރުގައި ވާގޮތަށް ޕިޓް އޭނާގެ ދަރިން ކަމަށްވާ ޕެކްސް 14، ޒަހަރާ 13، ޝިލޯހް 12، އަދި 9 އަހަރުގެ އެއްމާބަނޑު ދެ ކުދިން ކަމަށްވާ ވިވެން އާއި ނޮޒްއާ. އެންޖެލީނާގެ ހުއްދައާއި ނުލާ ޕިޓްއަށް ބައްދަލު ކުރެވޭނެ ގޮތް ވަނީ ހަމަޖެހިގެން ގޮސްފައެވެ.

އެންމެ ދޮށީ ދަރިފުޅު މެޑެކްސް 16، އަކީ ބޮޑުވެފައި ހުރި ކުއްޖަކަށް ވުމުން އޭނާ ބޭނުން ވަގުތަކު ބައްޕައާ ބައްދަލު ކުރެވޭނެތީ ކޯޓުން ކަނޑައެޅި ތާވަލުގައި މެޑެކްސް ހިމަނާފައެއް ނުވެއެވެ.

"ދަރިންނަކީ ޕިޓް އަށް ވަރަށް މުހިއްމު ބައެއް. ޖޮލީ އާއި ދިމާވުމުގެ ކުރިންވެސް އޭނާ ދަރިން ބޭނުންވޭ. ބައްޕަ އަކަށް ވުމުގެ ހުވަފެން އަބަދުވެސް ދެކޭ. އެނާ އަކީ ވަރަށް ރަނގަޅު ބައްޕައެއް. ކުދިންގެ ކަންކަމުގައި ބައިވެރިވެ އެއްކޮށްއުޅެ މީހެއް. ޕިޓް މިހާރު އަބަދުވެސް ހުއްޓައިނުލާ ދައްކާނީ ދަރިންގެ ވާހަކަ. އެނާ ކުދިންނަށް ދިނުމަށް ހަދިޔާވެސް ގަނެފި." ޕިޓްގެ ގާތް މީހަކާއި ހަވާލާ ދީ ޕީޕަލް މެގަޒިންގައި ބުނެފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް