20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ރަންވީރާއި ދީޕިކާގެ ކައިވެންޏަށް ޝާހުރުކް ޚާން އާއި އަރުޖުން އިޓަލީއަށް!

  • ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީ އާއި މުމްބާއީ ގައި
  • ކައިވެނި ކުރުމަށް ހަމަޖހެިފައިވަނީ ނޮވެމްބަރު ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ޖުލައި 2018 | އަންގާރަ 03:10 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން -- ގޫގުލް

ބޮލީވުޑްގެ ދެތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ލޯބީގެ ގޮތުން  ގުޅިގެން އުޅޭ ވާހަކަ ދެކެވެމުން ދާތާ ވަނީ  ފަސް އަހަރު ވެފައެވެ.

ނަމަވެސް މި ދެތަރިންވެސް އެކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

"ޕަދްމާވަތީ"ގެ ލީޑް ރޯލުން ފެނިގެން ދިޔަ މި ދެތަރިން މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ދެތަރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީ އާއި މުމްބާއީ ގައެވެ.

މި ކައިވެނީގެ ހަފްލާއަށް ރަންވީރުގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއި ދީޕިކާގެ ގާތް ގުޅުމެއް އޮންނަ ޝާހުރުކް ޚާން އިޓަލީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިދެތަރިންގެ ކައިވެނީގެ ހަފްލާ އިޓަލީ އާއި މުމްބާއިގައި ބޭއްވުމަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކައިވެނި ކުރި ބޮލީވުޑްގެ ތަރި އަންޝްކާ ޝަރްމާ އާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ  ވިރާތް ކޯލީގެ ކައިވެނީގެ ހަފްލާވެސް ބާއްވާފައިވަނީ މި ދެ ގައުމުގައެވެ. މީގެ ކުރިން ރާނީ މުކްރްޖީ އާއި އޭނާގެ ފިރިމީހާ އަދިތްޔާ ޗޯޕްޅާވެސް ކައިވެނި ކޮށްފައިވަނީ އިޓަލީގައެވެ.

ދިޕިކާ އާއި ރަންވީރުގެ  ކައިވެނީގެ ތައްޔާރީތައް ފަށާފައިވާއިރު މިދެތަރިން ވެސް ބޭނުން ވަނީ ކައިވެނީގެ ހަފްލާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ގެންދިއުމަށެވެ. އަދި މި ކައިވެޏަށް ދެ ފަރާތުގެ އާއިލާއިން ވެސް ދަނީ އަވަދިނެތި ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް