21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ޖަޕާންގެ ހިތް ކުދިކުދި ކޮށްލުމަށްފަހު ބެލްޖިއަމް ކުއާޓާއަށް

  • ބެލްޖިއަމް މި މެޗުން މޮޅުވީ ފަހަތުން އަރައި 3-2 އިން
  • ދެވަނަ ބުރުގައި ބެލްޖިއަމް ކުޅޭނީ ބްރެޒިލްއާ ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 ޖުލައި 2018 | އަންގާރަ 02:36 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ބެލްޖިއަމްގެ ކުޅުންތެރިން އެއްވަރުވުމާއެކު އުފާފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ފަހަތުން އަރައި ޖަޕާން ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ބެލްޖިއަމްއިން ހޯދައިފިއެވެ.

ރޮސްޓޯވް އޮން ޑޮން އެރީނާގައި ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ތާރީހުގައި ވެސް މި ދެޓީމު ވާރލްޑް ކަޕެއްގައި ކުޅުނު ދެވަނަ މެޗަށްވާއިރު 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި މި ދެޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗާއި ކުރިމަތިލިއިރު ބެލްޖިއަމް އެންމެފަހުން ކުޅުނު 22 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

ޖަޕާންގެ ފުރަތަމަ އެގާރައިން މި މެޗުގައި ހަ ބަދަލެއް ފެނިގެންދިޔައިރު ބެލްޖިއަމްގެ ފުރަތަމަ އެގާރައިން ވަނީ ޖުމްލަ 10 ބަދަލެއް މި މެޗުގައި ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބެލްޖިއަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޖަޕާންގެ ކުޅުންތެރިން ޑިފެންސިވް ގޭމެއް ކުޅެމުންދިޔައިރު މިކަމުގެ ސަބަބުން ހުސް ފުރުސަތުތަކެއް ހޯދުމަށް ބެލްޖިއަމްގެ ކުޅުންތެރިންނަށް އުނދަގޫތަކާއި ކުރިމަތިވެގެންދިޔައެވެ. ފުރަތަމަ ހާފުގެ އެންމެފަހު މިނެޓުގައި ޖަޕާނުން ލީޑު ނުނެގީ ހަމަކިރިޔާއެވެ. ޔޫޓޯ ނަގަޓޯމޯ ނެގި ހުރަހެއް ހިފަން އުޅުމުގެ ތެރޭގައި ބެލްޖިއަމްގެ ކީޕަރު ތީބައު ކޯޓުވާ އަތުން ބޯޅަ ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ.

ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ޖަޕާނުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 48 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ގެންކީ ހިރަގޫޗޫއެވެ.  އޭގެ މިނެޓެއް ފަހުން ބެލްޖިއަމްގެ ހަޒާޑް ފޮނުވާލި ހަމަލާއެއް ޖަޕާންގެ ގޯލުގެ ދަނޑީގައި ޖެހުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިއިރު ޖަޕާންގެ ދެވަނަ ލަނޑު ޖެހީ 51 ވަނަ މިނެޓުގައި ޓަކަޝީ އިނުއި އެވެ.

މި ލަނޑުތަކާއެކު ބެލްޖިއަމްގެ ޓީމަށް ބަދަލުތަކެއް ގެނައިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖެހީ ޔަނާ ވަޓޮންގެންއެވެ. އޭގެ ފަސް މިނެޓު ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މަރުއާން ފެލައިނީ ވަނީ ލަނޑެއް ޖަހާ ބެލްޖިއަމްއަށް އެއްވަރުކޮށްދީފައެވެ. މި ލަނޑުތަކާއެކު މެޗު އިތުރަށް ފޯރިގަދަ ވެގެންދިޔައިރު ޖަޕާންގެ ކީޕަރު މުހިންމު ސޭވްތަކެއް ކުރިއެވެ. އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަސަރް ޗަޑްލީ ވަނީ ފުރިހަމަ ކައުންޓާ އެޓޭކެއްގައި ލަނޑެއް ޖަހާ ބެލްޖިއަމްއަށް ކުއާޓާގެ ޖާގައެއް ޔަގީންކޮށްދީފައެވެ.

މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެޓީމު ޖާގަ ހޯދި ތިންވަނަ ފަހަރެވެ. މި މެޗާއެކު ބެލްޖިއަމް ވެގެންދިޔައީ 1966 ވަނަ އަހަރުގެ ފަހުން ދެ ލަނޑު ފަހަތުގައި އޮތުމަށްފަހު ފަހަތުންއަރައި ނޮކްއައުޓް މެޗަކުން މޮޅުވި ފުރަތަމަ ޓީމަށެވެ.

ކުއަޓާ ފައިނަލުގައި ބެލްޖިއަމްގެ ޓީމު ނުކުންނާނީ ވާރލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް