17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ނޫސްވެރިންގެ ޝަރީއަތް

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

 • މިމަހުގެ ތެރޭގައި ނިންމާލުމަށް ވިސްނުން ހުރި
 • މުޒާހަރާ ކުރި ސަރަހައްދު ބެރިކޭޑް ޖަހާ ބަންދުކޮށްފައިނުވޭ
 • މިމަހުގެ 31 ވަނަ ދުވަހު ވީޑިއޯ އަށް ވާހަކަ ދައްކާނެ
އަޒުމޫން އަހުމަދު | azmoon_ahmed

| 19 ޖެނުއަރީ 2017 | ބުރާސްފަތި 00:25 | |

މަގުބޫލް

 1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
 6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
 7. ރައީސްގެ ނިންމެވުމަށް ތައުރީފު
 8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ވިސާމް: އަނެއް މައްސަލައިގައި ވިސާމުގެ މައްޗަށް މިމަހުގެ 24 ވަނަ ދުވަހު ހުކުމްކުރާނެ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތް މިމަހުގެ ތެރޭގައި ނިންމާލަން ވިސްނުން ގެންގުޅުއްވި ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

 

ވިސާމުގެ ޝަރީއަތުގައި ހެކި ބަސް ނެގުމަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލް ވިދާޅުވީ މައްސަލަ މިމަހުގެ ތެރޭގައި ނިންމާލުމަށް ވިސްނުން ގެންގުޅުއްވި ކަމަށެވެ.

 

ގާޒީ ޝަކީލް އެގޮތަށް ވިދާޅުވީ، ވިސާމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ޝަފައީ ހެކިންނާއި ދައުވާ އިން ދިފާއުވުމަށް ވިސާމުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކި ބަސް ނަގާ ނިންމާލުމަށް ފަހު، ޚުލާސާ ބަޔާން ހުށަހަޅަން ތައްޔާރުތޯ ގާޒީ ސުވާލުކުރެއްވުމުން ދައުލަތުން ދިން ޖަވާބާ ގުޅިގެންނެވެ.

 

ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތެއް ބޭނުންވާ ކަމަށެވެ. ވީޑިއޯ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ދައުލަތުން އެދުމުން، ގާޒީ ޝަކީލް ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެކަމަށް އަޑުއެހުމެއް ތާވަލުކުރައްވާފަ އެވެ.

 

ބުދަ ދުވަހުގެ އަޑުއެހުމުގައި ވިސާމާ ދެކޮޅަށް ހެކި ބަސް ދީފައިވަނީ ދައުލަތުން ހުށަހެޅި ދެ ފުލުހުންގެ ތެރެއިން އެސްއޯގައި މަސައްކަތްކުރާ ހުސެއިން ފަހުމީ އެވެ. ފަހުމީ ބުނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު މުޒާހަރާ ކުރި ސަރަަހައްދުން ވިސާމް ހައްޔަރުކުރީ ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަން އުޅުމުން ކަމަށެވެ. އަދި އެކަން ކުރީ ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު ހައްޔަރުކުރުމުން، ޒަރީރު ހައްޔަރުކުރީ ކީއްވެތޯ ސުވާލުކުރަމުން ގޮސް ކަމަށް ވެސް އޭނާ ބުންޏެވެ.

 

ވިސާމުގެ ދިފާއުގައި ހެކި ބަސް ދެމުން ޒަރީރު ބުނީ މުޒާހަރާ ކުރި ސަރަހައްދު ބެރިކޭޑް ޖަހާ ބަންދުކޮށްފައިނުވާ ކަމަށެެވެ. ޒަރީރު ބުނީ، އޭނާ ހައްޔަރުކުރަން އުޅުމުން އެކަމާ ވިސާމު ސުވާލުކުރި ކަމަށާއި ހަމަ އެވަގުތު ހަޑިހުތުރު ބަހުން ވިސާމް ހައްޔަރުކުރުމަށް ފުލުހުންގެ ތެރެއިން ބުނި ކަމަށެވެ.

 

ވިސާމުގެ ދިފާއުގައި ހެކިބަސް ދެމުން މިނިވަން97 ރޭޑިއޯގެ ރިޕޯޓަރު އަހުމަދު އަންވަރު ވެސް ބުނީ އެ ސަރަހައްދު ބެރިކޭޑް ޖަހާ ބަންދުކޮށްފައިނުވާ ކަމަށެވެ. އަދި ޒަރީރު ހައްޔުރުކުރީ ކީއްވެތޯ ސުވާލުކުރުމުން، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ވިސާމު ހައްޔަރުކުރި ކަމަށް އޭނާ ވެސް ބުންޏެވެ.

 

އެމްއެމްއޭ ސަރަހައްދުގައި ކުރި އެ މުޒާހަރާގެ ޖަޑިބެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި ހެންވޭރު ދުކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވެސް ހެކި ބަސް ދެމުން ވިދާޅުވީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހާ ބަންދުކޮށްފައިނުވާ ކަމަށެވެ. އަދި ވިސާމު މަސައްކަޔް ކުރަމުންދިޔައީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އެތަނުގައި ތިބި އެހެން ނޫސްވެރިން ވެސް ހަރަކާތްތެރިވި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

 

ފުލުހުންގެ ދައުރަސް ހުރަސް އެޅުމަސް ގަދަ ހަދައި ނުކިޔަމަންތެރިކަން ދެއްކުމަށް ވިސާމް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ތަކުރާރުކޮށް ރުކުމާ ވިދާޅުވި އެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި ވީޑިއޯއާ މެދު ވާހަކަ ދެއްކުން ކުރިއަށް އޮތްއިރު، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެ ވިސާމާއި ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް މިދިޔަ ޑިސެމްބަރު މަހު ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 24 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި ހުކުމް ކުރުން ފެބްރުއަރީ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް