18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މެކްސިކޯ ބަލިކޮށް ބްރެޒިލް ކުއާޓާއަށް

  • މި މެޗުން ބްރެޒިލް މޮޅުވީ 2-0 އިން
  • މެކްސިކޯ ވަނީ އެންމެފަހުން ކުޅުނު ހަތް ވާރލްޑް ކަޕްގައި ވެސް ދެވަނަ ބުރުން ކަޓާފައި
  • ކުއާޓާގައި ބްރެޒިލް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 ޖުލައި 2018 | އަންގާރަ 02:32 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ބްރެޒިލް އަދި މެކްސިކޯ ކުޅުނު މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ނޭމާ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުން ދެވަނަ ބުރުގައި މެކްސިކޯ ބަލިކޮށް ބްރެޒިލްއިން ޖާގަ ހޯދައިފިއެވެ.

ވަރުގަދަ ޖަރުމަނު ކަޓުވާލުމަށްފަހު ދެވަނަ ބުރަށް ދަތުރުކުރި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗު ބްރެޒިލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ވާރލްޑް ކަޕެއްގައި މި ދެޓީމުގެ މެދުގައި ކުޅެވުނު ފަސްވަނަ މެޗަށްވާއިރު އޭގެކުރިން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކުރީ ބްރެޒިލްއެވެ. މި މެޗާއި ކުރިމަތިލިއިރު އެންމެފަހުން ކުޅުނު 14 މެޗުން ވެސް ބްރެޒިލް ބަލިވެފައެއް ނުވެއެވެ.

މާސެލޯއަށް އަނިޔާވެފައިވުމާއެކު އޭނާގެ ބަދަލުގައި ބްރެޒިލްގެ ފުރަތަމަ އެގާރައިން ފެނިގެންދިޔައީ ފެލީޕޭ ލުއިސްއެވެ. މެކްސިކޯގެ ޓީމުން ވެސް ދެ ބަދަލެއް ފެނިގެންދިޔައިރު ކެޕްޓަން ރަފައޭލް މާކުއޭޒް ވެގެންދިޔައީ ސްޓޭންލީ މެތިއުސްގެ ފަހުން ވާރލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެކްސިކޯގެ ކާލޯސް ވޭލާ އަދި ހާވިން ލޮޒާނޯ ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރިއިރު ބްރެޒިލްގެ ނޭމާ އަދި ގެބްރިއެލް ޖީސަސް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ބްރެޒިލްގެ ގޯލު ބެލެހެއްޓި ގުއިލާމޯ އޮޗޯއާއެވެ.

ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ބްރެޒިލްއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. އެގޮތުން ފުލުފުލުގައި އެޓީމުން ހަމަލާތައް އުފެއްދިއިރު މެޗުގެ 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ވިލިއަން ނެގި ހުރަހަކުން އެޓީމަށް ޖަހައިދިނީ ނޭމާއެވެ. މި ހާފުގައި ބްރެޒިލްގެ ކުޅުންތެރިން ގިނަ ހަމަލާތަކެއް މެކްސިކޯގެ ގޯލާއި އަމާޒުކުރިއިރު އެ ހަމާލަތައް ހުއްޓުވުމުގައި އޮޗޯއާ ވަނީ އަވަދިނެތި މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 88 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯ ވަނީ ލަނޑެއް ޖަހާ ބްރެޒިލްއަށް ކުއާޓާގެ ޖާގައެއް ޔަގީންކޮށްދީފައެވެ.

މިއީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގައި ޖެހިޖެހިގެން ބްރެޒިލް ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ މި މެޗާއެކު ފާއިތުވެދިޔަ ހަތް ވާރލްޑް ކަޕްގައި ވެސް މެކްސިކޯ ވަނީ ދެވަނަ ބުރުން ކަޓާފައެވެ.

ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ބްރެޒިލް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް