20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބޮލީވުޑް

ސަންޖޫގެ ރެކޯޑް މުގުރާލެވިދާނެތަ؟

  • މި ފިލްމް ވެގެން ގޮސްފައިވަނީ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށް
  • މިއީ ރަންބީރު ކަފޫރުގެ ފިލްމް ކެރިއަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 2 ޖުލައި 2018 | ހޯމަ 22:20 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ސަންޖޫގެ ޕޯސްޓަރު -- ޓްވިޓަރ

2018 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ  ފިލްމް "ސަންޖޫ" ވަނީ ވެފައެވެ.

 ޖޫން މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމު އެޅުވި ފުރަތަމަ ދުވަހު 34.75 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ހަފްތާ ބަންދުގައި މިއަދަދު ވަނީ ޖުމްލަ 120.06 ކްރޯޑް ރުޕީސް އަށް އަރާފައެވެ.

އެހެން ކަމުން މި ފިލްމް ވެގެން ގޮސްފައިވަނީ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް މިއަހަރު ހޯދި ފިލްމަށެވެ.
ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ވެފައިވަނީ "ހަންޑްރެޑް ކްރޯޑް ކްލަބް" އިން ޖާގަ ހޯދި ހަތްވަނަ ފިލްމައަށެވެ.

މިއަހަރުގެ މިހާތަނަށް ހަންޑްރެޑް ކްރޯޑް ކްލަބައިން ޖާގަ ލިބިފައިވަނީ ޕަދްމާވަތީ، ސޯނޫކޭ ޓީޓޫ ކީ ސްވީޓީ، ރެއިޑް، ބާގީ2، ރާޒީ އަދި ރޭސް3 އެވެ.

މިއަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފަސް ފިލްމްގެ ތެރެއިން ފިލްމް އެޅުވި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލާއިރު އެއްވަނައިގައި އޮތް "ސަންޖޫ" އަށް ލިބިފައިވަނީ 34.75 އެވެ. ދެ ވަނަގައި އޮތް "ރޭސް 3" އަށް ލިބިފައިވަނީ 29.17 ކްރޯޑް ރުޕީސް އެވެ. ތިން ވަނައިގައި އޮތް "ބާގީ 2" އަށް 25.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް "ޕަދްމާވަތީ" އަށް ލިބިފައިވަނީ 19 ކްރޯޑް ރުޕީސް އެވެ.އަދި ފަސްވަނައިގައި އޮތް "ވީރޭ ދި ވެޑިން" އަށް ލިބިފައިވަނީ 10.70 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދާ ރަންބީރު ކަފޫރުގެ ފިލްމް ކެރިއަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މި ފިލްމްއަށެވެ.

ރަންބީރުގެ ފިލްމީ ކެރިއަރ އަށް ބަލާއިރު އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ "ސަންޖޫ" އަށް 34.75 ކްރޯޑް ރުޕީސް، ލިބިފައިވާއިރު ދެވަނަގައި އިތް "ބޭޝަރަމް" އަށް 21.56 ކްރޯޑް ރުޕީސް، ތިންވަނައިގައި އޮތް "ވައިޖޭއެޗްޑީ" އަށް 19.45، ހަތަރުވަނައިގައި އޮތް "އޭޑީއެޗްއެޗްއެމް" އަށް 13.30ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ފަސްވަނައަށް ހޮވިފައިވާ "ތަމާޝާ"އަށް ލިބިފައިވަނީ 10.94 ކްރޯޑް ރުޕީސް އެވެ.

"ސަންޖޫ" މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މިފިލްމްގައި ސަންޖޭދަތުގެ ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރެވެ. މީގެ އިތުރުން މަނީޝާ ކޮއިރާލާ، ޕަރޭޝް ރާވަލް، ދިޔާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް، ޖިމް ސާރބް އަދި އަނުޝްކާ ޝަރުމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް