14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ހޮޮހޮޅައިގައި ތާށިވި ކުދިން

ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ

  • ކުދިންގެ އުމުރަކީ 11 އަހަރާއި 16 އަހަރާއި ދެމެދު
އަބުދުﷲ މުހައްމަދު | 8Abbo

| 2 ޖުލައި 2018 | ހޯމަ 21:18 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ތަމް ލައުންގ ހޮހޮޅައިގައި ހޮނިހިރު ދުވަހުން ފެށިގެން ތާށިވެފައި ތިބި ކުދިން -- ބީބީސީ

ތައިލެންޑްގެ ހޮހަޅައެއްގެ ތެރޭގައި ތާށިވި ބާރަ ފިރެހެންކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ނުވަ ދުވަހަށް ފަހު ހޮހަޅައިގެ ތެރެއިން ދިރިތިއްބާ ފެނިއްޖެއެވެ.

ޗިއާންގް ރާއިގެ ތަމް ލައުންގް ހޮހަޅައިގައި ތާށިވި އެކުދިން ހޯދާފައި ވަނީ، ފެންބޮޑުވެފައިވާ އެ  ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.

މިހާރު އޮތް ގޮންޖެހުމަކީ ފެންބޮޑުވެ ކިސަޑު ހެދިފައިވާ ހޮހޮޅައިގެ ތެރެއިން އެކުދިން ސަލާމަތުން ނެރުމުގެ މަސައްކަތެވެ.

ކުދިންގެ އާއިލަތަކުން ތިބީ ހޮހޮޅައިގެ ދޮރުމަތީގައި

އެކުދިން ފެނުނު ޚަބަރާ އެކު އާއިލާތކުން ތިބީ އުފަލުން ފޮޅިފައެވެ. ހޮހޮޅައިގައިތިބ ބާރަ ފިރެހެންކުދިންނަކީ މޫ ޕާ ނުވަތަ ވައިލްޑް ބޯރ ފުޓްބޯޅަ ޓީމުގެ މެމްބަރުންނެވެ.

އެނގިފައިވާ ގޮތުގައި އެކުދިންގެ އެސިސްޓެންޓް ކޯޗް، އުމުރުން 25 އަހަރުގެ އެއްކަޕޮލް ޖަންތަވޮންގ، އެކުދިން ގޮވައިންގެން ދޭތެރެ ދޭތެރެއިން ދަތުރުގޮސް އުޅެއެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެސް މި ހޮހޮޅައަށް ކޯޗު ދަތުރުދިޔައެވެ. މި ފަހަރު އެ ކުދިން ހޮހަޅައިގައި ތާށިވީ ދަތުރު ގޮސް އުޅެނިކޮށް ފެންބޮޑުވެ ކިސަޑު ފޭބުމާ ގުޅިގެން ނުކުންނަން އޮތް މަގު ބަންދުވުމެވެ. 

މީހުން ސަލާމަތްކުރުމަށް ހިންގާ ބޮޑު އޮޕަރޭޝަނުގައި މިހާރު ވެސް 1،000 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރަމުންދާއިރު އޭގެ ތެރޭގައި ޗައިނާ އާއި، މިޔަންމާ އާއި، ލާއޯސް އާއި، އޮސްޓްރޭލިއާ އާއި، އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުގެ ޓީމެއް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް