25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ކްރިސްޓިއާނޯ ރޮނާލްޑޯ

މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

  • ރޮނާލްޑޯ ބުނީ ވާރލްޑް ކަޕުން ވަކިވާން ޖެހުނަސް ޕޯޗުގަލް ޓީމު ވަރުގަދަ ވާނެކަމަށް
މިއުވާން މުހައްމަދު | Miuvaan

| 2 ޖުލައި 2018 | ހޯމަ 19:11 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އުރުގުއާއީއާއި ދެކޮޅަށް ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ރޮނާލްޑޯ ކުޅެނީ -- ގެޓީ އިމޭޖާސް

ޤައުމީ ޓީމަށް ކުރިއަށް އޮތްތަނުގައި ކުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަން އަދި އަވަސްކަމަށް ޕޯޗުގަލްގެ ބައިނަލްއަޤްވާމީ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. 

ރޮނާލްޑޯ ބުނީ ވާރލްޑް ކަޕުން ވަކިވާން ޖެހުނަސް ޕޯޗުގަލް ޓީމު ވަރުގަދަ ވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޒުވާން ޓީމަކާއިއެކު ޕޯޗުގަލް ނިކުމެ ކާމިޔާބީތައް ހޯދާނެކަމަށް އޭނާ ބުންޏެވެ. ރޮނާލްޑޯ ބުނީ މުބާރާތުން ވަކިވާން ޖެހުނަސް ޕޯޗުގަލް ޓީމު އެނބުރި ދާނީ އިސް އުފުލާލައިގެން ތިބެކަމަށާއި، ކެޕްޓަންގެ ހައިސިއްޔަތުން މުޅި ޓީމާއިމެދު ފަޚުރުވެރިވާކަމަށެވެ. 

ވާރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޕޯޗުގަލް ބަލިވީ ހޮނިހިރު ދުވަހު އުރުގުއާއީ އަތުން 2 - 1 އިންނެވެ. މި މެޗުގައި ރޮނާލްޑޯ ދެއްކި ކުޅުމާއިމެދު ހިތްހަމަ ނުޖެހިގެން ބައެއް މީހުން ވާހަކަ ދެއްކިއެވެ. އޭނާއަށް ގޯލަށް ހަމަލާއެއް ދޭންވެސް ލިބުނީ އެންމެ ފުރުސަތެކެވެ. އެހެންނަމަވެސް ސްޕެއިންއާއި ދެކޮޅަށް ކުޅުނު މެޗުގައި ގްރޫޕް ސްޓޭޖްގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. 

ރޮނާލްޑޯ ބުނީ މެޗުން މޮޅުވުމުން އުރުގުއާއީއަށް މަރުހަބާ ކިޔާކަމަށާއި، ޕޯޗުގަލް ކުޅުންތެރިންގެ ކުޅުމަށްވެސް ތައުރީފް ހައްޤުކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި މޮޅަށް ކުޅުނީވެސް ޕޯޗުގަލްއިންނެވެ. އެހެންނަމަވެސް މޮޅަށް ކުޅުނަސް މޮޅުވާނީ ގިނަ ގޯލް ޖަހާ ޓީމްކަމަށާއި، އެހެންކަމުން އުރުގުއާއީ މޮޅުވީކަމަށް ރޮނާލްޑޯ ބުންޏެވެ. 

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވާރލްޑް ކަޕަށް ނިކުންނަ ޕޯޗުގަލްގެ ޓީމުގައި ކުޅެން ނިކުންނާނެ ޒުވާން ޓީމަށް އިރުޝާދު ދިނުމަށް ދަނޑުމަތީގައި ހުރުމަށް ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ހުންނަން ޖެހޭނެކަމަށެވެ. ގަތަރުގައި އޮންނަ ވާރލްޑް ކަޕަށް ނިކުންނަ އިރު ރޮނާލްޑޯއަށް 37 އަހަރުވާނެއެވެ. 

ސަންތޯސް ބުނީ ކްރިސްޓިއާނޯ ފުޓުބޯޅައަށް އަދިވެސް ވަރަށް ގިނަ ޚިދުމަތްތައް ކޮށްދޭނެކަމަށާއި، އެކަމަށް ވަގުތު އެބައޮތްކަމަށެވެ. އަދި ޒުވާން ކުޅުން ތަރައްޤީކުރުމަށް ރޮނާލްޑޯގެ އިސް ދައުރެއް އޮންނާނެކަމަށް ޤަބޫލުކުރާކަމަށްވެސް އޭނާ ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް