19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ވާރލްޑްކަޕް 2018

ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް

  • ނުފޫޒުގަދަ ނޫސްތަކުގެ ފާޑުކިޔުންތައް އަމާޒުވި
  • އެންމެ ފަހުވަގުތު ކޯޗު ބަދަލުކުރުމަކީ ސްޕެއިން ޓީމުން ހެދި ގޯހެއްކަމަށް ހުރިހާ މީޑިއާއަކުންވެސް ސިފަކުރި
މިއުވާން މުހައްމަދު | Miuvaan

| 2 ޖުލައި 2018 | ހޯމަ 18:45 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މާސާގެ ފުރަތަމަ ސަހްފާ: -- ބީބީސީ

ރަޝިޔާގައި ކުރިއަށްދާ ވާރލްޑްކަޕްގެ ދެވަނަ ބުރުން 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ކެޓުމާއި ގުޅިގެން ސްޕެއިންގެ މީޑިއާތަކުގެ ފާޑުކިޔުންތައް އެޤައުމުގެ ޓީމަށް އަމާޒުވެއްޖެއެވެ.

އާދިއްތަ ދުވަހު ދެވަނަ ބުރުގައި ސްޕެއިން ކުޅުނީ ރަޝިޔާއާއި ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ގޯލެއް ޖަހައި ސްކޯރ އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ރަޝިޔާ މެޗު ގެންދިޔައީ 4 - 3 އިންނެވެ. 

އެއާއިއެކު ރަޝިޔާގެ މީޑިއާތަކުން ވަނީ އެންމެ ފަހު ވަގުތު ކޯޗު ހުލެން ލޮޕެޓެގީ މަޤާމުން ވަކިކުރުމާއި، އަލަށް ގެނައި ކޯޗު ފެނާންޑޯ ހިއޭރޯ ސެލެކްޝަންގައި ހެދި ގޯސްތަކާއި، އުމުރުން ދުވަސްވީ ކުޅުންތެރިން އެރުވުންފަދަ މައްސަލަތައް މީޑިއާތަކުން ފާހަގަކުރިއެވެ. 

ސްޕެއިންގެ ނުފޫޒުގަދަ ކުޅިވަރު ނޫސްތަކާއި މަޖައްލާތަކުން ޤައުމީ ޓީމަށް 'ރަތް މަހަކަށް ނުގޮވާ ވަރަށް' އެއްޗެހި ގޮވިއެވެ. އެގޮތުން މާރސާއިން ބުނީ ކުރީގެ ކޯޗު ފްލޮރެންޓީނޯ ޕެރޭޒްއާއި ހިސާބުން ފެށިގެން މައްސަލަތައް ފެށިގެން އައި ކަމަށެވެ. އަދި ވާރލްޑް ކަޕަށް އެއް ދުވަހަށް ވެފައިވަނިކޮށް ލޮޕެޓެގީ މަޤާމުން ވަކިކުރުމުން ޓީމަށް އަސަރު ނުކުރާނެކަމަށް ހީކުރުމަކީ ޓީމުން ހެދި ވަރަށް ބޮޑު ގޯހެއްކަމަށް މާރސާއިން ސިފަކުރިއެވެ. އަދި ގްރޫޕް ސްޓޭޖްގައިވެސް އެންމެ މެޗަކުން ސްޕެއިން މޮޅުވިއިރު، ވާރލްޑް ކަޕްގައި ކުޅުނު 4 މެޗުގައިވެސް މުހިއްމު ދަނޑިވަޅުތަކުގައި ކުޅުންތެރިން ބޮޑެތި ގޯސްތަކެއް ހެދިކަން އެނޫހުން ފާހަގަކުރިއެވެ. 

ވާރލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ފުރަތަމަ މެޗުގައި ޕޯޗުގަލްއާއި ދެކޮޅަށް ސްޕެއިން ނިކުތް މެޗު ނިމުނީ 3 - 3 އިން އެއްވަރުވެގެންނެވެ. ދެވަނަ މެޗު 1 - 0 އިން އީރާން ބަލިކޮށް ސްޕެއިން އިން ކާމިޔާބުކުރިނަމަވެސް ފަހު މެޗުގައި މޮރޮކޯ ވަނީ 2 - 2 އިން ސްޕެއިންއާއި އެއްވަރުކޮށްފައެވެ. 

އެލް މުންޑޯގެ އެޑިޓޯރިއަލްއެއްގައި ބުނީ ވާރލްޑް ކަޕްގައިވެސް އަލިފާނާއި ކުޅެފިނަމަ އެންމެ ފަހު ވަގުތު އަނދާނެކަމަށެވެ. އަދި ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅަށް ފެށި ސްޕެއިންގެ ޓީމް، އެންމެ ފަހު މެޗުގައި ރަޝިއާ އަތުން ބަލިވުމާއި ހަމަޔަށް ގޯހުގެ މައްޗަށް ގޯސް ހަދަމުން ދިޔަކަމަށް އެނޫހުގައިވެއެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ޓީމް ރުކުވާލާފައިވާ ގޮތުން ދަނޑުގެ ވިނަގަނޑު މައްޗަށް ކުޅުންތެރިންނަށް ރަނގަޅަށް ފެތުރިގަނެވެން ނެތްކަމަށް އެނޫހުން ފާހަގަކުރިއެވެ. 

ލަ ރޭޒަންގެ އެޑިޓޯރިއަލްގައި ބުނީ ލެޕަޓެގީ ނެތުމުން ޓީމު ރޫޅިފައިވާކަން ވަރަށް ރަނގަޅަށް ހާމަވިކަމަށެވެ. 

އެލްޕައިސް އިން ބުނީ ސްޕެއިންގެ ޓީމްގެ އެތައް އަހަރެއް ފަހަތަށް ޖެހިފައިވާކަމަށެވެ. 2014 ވަނަ އަހަރު ވާރލްޑް ކަޕްގައި ސްޕެއިން ބަލިވީ ހޮލެންޑާއި ޗިލޭ އަތުންނެވެ. އަދި 2016ގެ ޔޫރޯގައި އެޓީމު ބަލިވީ އިޓަލީ އަތުންނެވެ. އެހެންނަމަވެސް މިހާރު އީރާން، މޮރޮކޯ އަދި ރަޝިޔާ ފަދަ ޓީމުތަކުގެ އަތުންވެސް ސްޕެއިން ބަލިވަމުންދާކަން އެނޫހުން ފާހަގަކުރިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް