21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ރިލްވާން

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

  • ލާއިންސާނީ ޖަރީމާ ހިންގި މަގުއޮޅިފައިވާ ނުބައި ނުލަފާ މީހުންގެ ކިބައިން މުޖުތަމައު ރައްކާތެރިކުރަންޖެހޭ
  • ޖަވާބު ހޯދުމަށް ކަނޑައެޅި އަޒުމަށް ކުޑަވެސް ބަދަލެއް ނާދޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 19 ޖެނުއަރީ 2017 | ބުރާސްފަތި 00:04 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


ރިލްވާން: 2014 ވަނަ އަހަރުގެ އޯގަސްޓް އަށް ވަނަ ދުވަހު ވަގަށް ނަގާފައި -- ގޫގުލް

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާ ބެހޭ ސައްޚަ މައުލޫމާތެއް އެއްެވެސް ފަރާތަކަށް ލިބިފައިވާ ނަމަ، އެ މައުލޫމާތަކައިގެން ކުރިއަށް ނިކުތުމަށް ރިލްވާންގެ މަންމަ އާދޭސް ކޮށްފި އެވެ.

 

ރިލްވާނުގެ އުފަންދުވަހާ ގުޅިގެން ރިލްވާންގެ މަންމަ އައިމިނަތު އީސާ ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހަކީ ރިލްވާނުގެ 31 ވަނަ އުފަންދުވަހަށްވާއިރު، މި ދުވަސް ފާހަގަކުރަން ޖެހުނީ އުފާވެރިކަމުގެ ބަދަލުގައި އޭނާ ނެތުމުގެ ހިތާމަ އާއި ހިތްދަތިކަމުގެ ތެރޭގައި ކަމަށެވެ.

 

ރިލްވާންގެ މަންމަ ބުނީ، އޭނާ ގެއްލުނު ހާދިސާއަކީ ބޮޑު ހިތާމައެއް ކަމުގައިވީ ނަމަވެސް، މުޖުތަމައުއަށް އަންގައިދޭން ބޭނުންވަނީ އެ ހާދިސާއަކީ މިހާރު ގޮތް ނޭނގޭ އަދި އޭގެ ހަގީގަތް ވަންހަނާވެފައިވާ ހާދިސާއެއް ނޫންކަން ކަމަށެވެ.

 

އެ ބަޔާނުގައި ބުނެފައިވަނީ، ރިލްވާން ވަގަަށް ނެގުމަކީ ކުށެއް ކަމަށް ވަރަށް ދިގު މުއްދަތަކަށް ފަހު ފުލުހުންނާއި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި، މިއީ ފަހުގެ ތާރީޚުގައި އެންމެ ބޮޑަށް ގައުުމު ސިއްސުވާލި ޖަރީމާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

 

ރިލްވާނުގެ މަންމަ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިލްވާން ވަގަށް ނެގުމުގެ ކުށުގެ ތުހުމަތުގައި އެއްވެސް ބަޔަކު މިހާރު ބަންދުކޮށްފައި ނެތަސް އަދި ފުލުހުންގެ ތަހުގީގު ގޮސްފައިވާ ހިސާބު ނޭނގުނު ނަމަވެސް، ޖަވާބު ހޯދުމަށް ކަނޑައެޅި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ.

ރިލްވާނާ ބެހޭ މައުލޫމާތު އެނގޭނެ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ، ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި ކަންކަން ފޮރުވައިގެން އުޅުމަކީ ދަތިކަމެއް ކަމަށް ވާނެ ކަމަށާއި، އަދި އެފަދަ ނުބައި، ރަހުމުކުޑަ އަމަލެއް ފޮރުވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

 

ރިލްވާންގެ މަންމަ ބުނީ، ރިލްވާން ހޯދުމަށާއި. އެ ލާއިންސާނީ ޖަރީމާ ހިންގި މަގުއޮޅިފައިވާ ނުބައި ނުލަފާ މީހުންގެ ކިބައިން މުޖުތަމައު ރައްކާތެރިކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

 

މީގެ އިތުރުން ރިލްވާންގެ މަންމަ ބުނީ، ރިލްވާން ހޯދުމަށް އިތުރު ހިތްވަރެއް ބޭނުންވާ ނަމަ، ސީދާ އޭނާއާ ހަމައަށް ވާސިލްވެވޭނެ ފަދަ މައުލޫމާތެއް ދޭ ފަރާތަކަށް ހަދިޔާކުރުމަށް ކަނޑައަޅާފައިވާ ދެލައްކަ ރުފިޔާގެ އިނާމު އަދިވެސް އެބައޮތް ކަމަށެވެ.

 

ރިލްވާނާ ބެހޭ ސައްޚަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ އާއިލާ އިން ތަހައްމަލުކުރަމުންދާ ތަކުލީފުތަކަށް ލުޔެއް ދިނުމަށް އެ މައުލޫމާތަކައިގެން ކުރިއަށް ނިކުތުމަށް އާދޭސްކުރާ ކަމަށް ރިލްވާން މަންމަގެ ބަޔާނުގައި ބުނެފައި ވެއެވެ.

 

ރިލްވާން ވަގަށް ނަގާފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް އަށް ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެއިން ރިލްވާން ވަގަށް ނަގައިގެން އަރުވާފައިވަނީ ރަތް ކުލައިގެ ކާރަކަށެވެ. އެ ކާރުން ފެނުނު އިސްތަށިތަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި ރިލްވާނަށް ބަޔަކު މީހުން ފާރަލި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.

 

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން، އެންމެ ފަހުން ފުލުހުން މައުލޫމާތެއް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅޭ އެއްވެސް މިންވަރެއްގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

 

ރިލްވާން ވަގަށް ނެގިތާ 894 ދުވަސް ވެފައިވާއިރު، މި މައްސަލައާ ގުޅޭ މައުލޫމާތުތައް ހާމަނުކުރާތީ އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް