24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

އިންޑިއާގެ މަރުތައް

އިންޑިއާގެ ނިއު ދިއްލީގައި ބޮޑު އާއިލާއެއް އަމިއްލައަށް މަރުވެއްޖެ!

  • އެ އާއިލާ އިން 11 މީހުން މަރުވި
  • ބޮޑަށް ބެލެވެނީ އެ މީހުން މަރުވީ އަމިއްލައަށް ކަމަށް
  • މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 2 ޖުލައި 2018 | ހޯމަ 11:48 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އިންޑިއާގެ އާއިލާއެއް ދަންޖެހިފައި ވުމުން ފުލުހުން އެމައްސަލަ ދަނީ ތަހްގީގުކުރަމުން -- ފޭސްބުކް

އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ 11 މީހުންގެ ބޮޑު އާއިލާއެއް އަމިއްލައަށް މަރުވެއްޖެއެވެ.

އާއިލާގެ 10 މީހުން ދަންޖެހިގެން މަރުވެފައިވާއިރު، އެކަކު މަރުވެފައި އޮތީ ބިންމަތީގައެވެ. އެއީ އުމުރުން 70 އަހަރުން މަތީގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެ އާއިލާގައި ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން ތިބޭއިރު، އޭގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެއެވެ. އެ ކުދިންގެ އުމުރަކީ 15 އަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން މަރުވެފައި ވަނީ އަމިއްލައަށެވެ. ސީލިންގްގައި ހަރުކޮށްފައިވާ ވާތަކުން ދަން ޖެހިފައިވާއިރު، އެމީހުން ތިބީ ކަނުބަނދެގެންނެވެ. އެކަން ކުރުމަށް އެމީހުންނަށް ހިތްވަރު ލިބުނީ އެމީހުންގެ އަގީދާގެ ސަބަބުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އޭގެ އިތުރުން މައްސަލަ ތަހްގީގުކުރާ ފުލުހުންނަށް ވެސް ބޮޑަށް ބުރަވެވެނީ ރިޕޯޓްތައް ބުނާ ގޮތަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ ހަށިގަނޑުތަކުގެ އޮޓޯޕްސްސީ ހެދުމަށް ފޮނުވާލައި އެހެން ބައެއްގެ އަތެއް ވޭތޯ ބަލަން ފަށާފައެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކުރީ އެ މަންޒަރު ދުށް އަވަށްޓެރިއެކެވެ. އޭނާ ހުރީ އޭގެ ފަހުން ޝޮކެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި ތަހްގީގުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ނުފެންނަ ކަމަށެވެ. އެގޮތުން ގޭތެރޭގައި ހަމަނުޖެހުމެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށާއި ތަނެއް ހަލާކުވެފައި ނުވަތަ ބަޔަކު އެމީހުން ލައްވާ ކުރި ކަމެއް ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ އާއިލާ މީހުންނަށް ނިސްބަތްވާ އަތުލިޔުމެއް ފެނިފައިވާ ކަމަށާއި އޭގައިވާ މައުލޫމާތަށް ބަލާއިރު އެ މީހުން ދިޔައީ "އެއްފަހަރާ މަރުވާނެ ގޮތަކާ" މެދު ދިރާސާ ކުރަމުން ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެން ނަމަވެސް މަރުވި ސަބަބެއް ނޭނގޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް