18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ވަޅިޖެހުން

ކުޑަކުއްޖެއްގެ އުފަންދުވަހުގެ ޕާޓީގައި ވަޅިން ދިން ހަމަލާގައި ނުވަ މީހަކު ޒަޚަމްވެއްޖެ

 • އުމުރުން 30 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި
 • ކުޑަކުދިންނަށް އަނިޔާވި
 • ހަތަރު މީހުން ވަނީ ސީރިއަސް އަނިޔާ ލިބިފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 2 ޖުލައި 2018 | ހޯމަ 10:21 | |

މަގުބޫލް

 1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
 3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
 4. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 8. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!


ވަޅިން ހަމަލާދީ ކުދިންގެ ފުރާނައަށް ނުރައްކާ ކުރި މީހާ -- ޓްވިޓަރ

އެމެރިކާގެ އިދާހޯ ސްޓޭޓްގެ ގެއެއްގައި ތިން އަހަރުގެ ކުއްޖެއްގެ އުފަންދުވަސް ފާހަގަ ކުރަމުންދަނިކޮށް މީހަކު ދިން ވަޅީގެ ހަމަލާގައި ތިން މީހަކާއި ހަ ކުޑަކުދިން ޒަޚަމަވެއްޖެއެވެ.

މި ހަމަލާ ދިން 30 އަހަރުގެ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ލޮސް އޭންޖަލްސްއަށް ނިސްބަތްވާ ޓިމީ ކިންނާ ހަމަލާ ދީފައި ވަނީ އެގޭގައި އުޅޭ މީހަކު އޭނާ އެތަނުން ނިކުތުމަށް ބުނުމުންނެވެ. އެ ގެއަކީ ރެފިއުޖީން ބަހައްޓާ ގެއަކަށް ވާއިރު ފުލުހުން ބުނީ އޭނައަކީ ރެފުޖީއެއް ނޫން ކަމަށާއި އަދި ޚިޖުރަކޮށްފައިވާ މީހެއް ވެސް ނޫނެވެ.

އާދީއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ކިންނާގެ މައްޗަށް ދައުލަތުން ވަނީ 15 ދައުވާއެއް އުފުލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހަމަލާދިނުމާއި ގަސްތުގައި ހަމަލާ ދިނުމުގެ ނުވަ ދައުވާއެއް ހިމެނެއެވެ. އެއާއެކު އެ ސްޓޭޓްގެ ކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަން ނުކުރުމަށް ވެސް ނިންމާފައެވެ. އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.

ޕޮލިހުންގެ ޗީފް ބިލް ބޯންސް އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބެލެވޭ ގޮތުގައި ކިންނާ އެ ހަމަލާތައް ދީފައި ވަނީ އޭނަ އެތަނުން ނިކުންނަން އެންގުމުން އައި ރުޅީގަ ކަމަށެވެ.

ހަމަލާ ލިބިފައިވާ ކުދިންގެ ތެރޭގައި ތިން އަހަރުން ފެށިގެން ބާރަ އަހަރުގެ ދެމެދު ކުދިން ހިމެނޭ ކަމަށް ބޯންސް ވިދާޅުވިއެވެ. ބޮޑެތި ތިން މީހުންނަށް އެ ހަމަލާގައި އަނިޔާ ވެފައިވާއިރު ހަތަރު މީހަކަށް ވަނީ ފުރާނައަށް ނުރައްކާވެފައެވެ. ބޯންސް ވިދާޅުވީ ހަމަލާ ދިން މީހާއަށް އޭނަގެ ޝިކާރައަށްވި މީހުންތައް ނޭނގޭ ކަމަށެވެ.

އިޑާހޯގެ ނޫސް މަޖައްލާއެއް ބުނެފައިވާ ގޮތުން އެ މީހާ ހަމަލާދިން ގޭގެ ރައްޔިތުން ބަލަހައްޓަނީ ނޮން ޕްރޮފިޓް އޯގަނައިޒޭޝަނަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް