22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

  • ނިއުގެ އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހުޅުވާނެ: ޒިޔާދު
ލީވާން އަލީ | MrLeevaan

| 18 ޖެނުއަރީ 2017 | ބުދަ 20:25 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ނިއުގެ ޗެއާމަން ކާނަލް ޒިޔާދު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން އެ ކްލަބުން ނިންމައިފި އެވެ.

ނިއުރޭޑިއަންޓްގެ ފުޓްބޯޅަ ސީޒަން ލޯންޗްކުރުމަށް މިދިޔަ ހޯމަ ދުވަހު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ހަފްލާގައި އެ ކްލަބުގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވީ ނިއުގެ އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޒިޔާދު ވިދާޅުވީ ނިއުގެ އެކަޑަމީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފުޅާކުރުމުގެ ވިސްނުންވެސް ކްލަބުން ގެންގުޅޭ ކަމަށާއި، އެގޮތުން އެ ސަރަހައްދުތަކުގެ ކަމާބެހޭ ފަރާތްތަކާ ވެސް ކްލަބުން މިހާރު ވާހަކަ ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން ނިއު އިން އިސް ނަގަގައިގެން މި އަހަރު ތެރޭގައި ފުޓްސަލް އެކަޑަމީއެއް ހުޅުވަން ނިންމާފައިވާކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ ފުޓްސަލް ރަނގަޅު ފެންވަރެއްގެ ކޯޗަކާއެކު ހުޅުމާލޭގައި އެކަޑަމީ ފައްޓާނެ ކަމަށެވެ.

ޒިޔާދު ވިދާޅުވީ އެކަޑަމީ ހުޅުވުމުގެ މަގްސަދަކީ ފުޓުބޯޅަ އަށް ނިއު އިން ކަމެއް ކޮށްދިނުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށާއި، ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ކުޅުންތެރިން އުފައްދަން ވެސް ކްލަބުން ބޭނުންވާ ކަމަށެވެ.

ނިއު އިން އަންނަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެޓީމުގެ ފޭން ކްލަބްވެސް ވަރުގަދަކުރަމުންނެވެ. އެގޮތުން ނިއުރޭޑިއަންޓް ޔޫނިއަން ނަމުގައި ކުރިންވެސް އޮންނަ ޖަމިއްޔާ އަލުން ވުޖޫދަށް ގެނެސް އެ ޖަމިއްޔާ އެކްޓިވްކޮށް ސަޕޯޓަރުންނަށް ހާއްސަ ކެފޭއެއް ވެސް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން ސަޕޯޓަރުންނަށް ހާއްސަ ޖިމެއް ވެސް ހުޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ނިއުގެ އާ ބޯޑުން ގިނަ ހަރަދުތަކެއް ރެކޯޑް ބަޖެޓަކާއެކު ކުރަމުން އަންނަ އިރު، އެޓީމުން އަންނަނީ ރެވެނިއު ކްލަބަށް ވެއްދޭނެ ތަފާތު ދޮރުތައްވެސް ބަލަމުންނެވެ. އެގޮތުން ޖޯޒީ އަދި މާޗެންޑައިޒް އެއްޗެހި ވިއްކޭނެ ގޮތްތައްވެސް އެކްލަބުން އަންނަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް