18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ލުއީ ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

  • ޔުނައިޓެޑުގައި ހުރިއިރު ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު: ވެންހާލް
ލީވާން އަލީ | MrLeevaan

| 18 ޖެނުއަރީ 2017 | ބުދަ 20:22 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއީ ވެންހާލް -- ގޫގުލް

ކެރިޔަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭއެކަޕް މެންޗެސްޓާ ޔުނައިޓެޑާއެކު ކާމިޔާބުކުރެވުން ކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

ދާދިފަހުން ކޯޗިން ކެރިޔަރުން ރިޓަޔާކުރި ވެންހާލް ދަ ޓެލެގްރާފް އަށް ދިން އިންޓަވިއުއެއްގައި ބުނީ ޔުނައިޓެޑުގައި ހުރިއިރު ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެގޮތުން އެފްއޭކަޕަކީ ވެސް ގިނަ ގޮންޖެހުންތަކަކާ  ހަނގުރާމަކޮށް ހޯދި ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން ވެން ހާލް ބުނީ އެފްއޭކަޕްގެ ފައިނަލް މެޗުން ޔުނައިޓެޑް މޮޅުވީ ވެސް 10 ކުޅުންތެރިންނާއެކުގައި ކަމަށާއި، އިތުރު ވަގުތު ކުޅެ މޮޅުވުމުން އެއީ އޭނާ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

މީގެ 26 އަހަރު ކުނިން ވެން ހާލް ކޯޗިން ކެރިއަރު ފެށީ ނެދަލެންޑްސްގެ އަޔެކްސްއިންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާގެ އިތުރުން ނެދަލެންޑްސް ގައުމީ ޓީމަށާއި ބަޔާން މިއުނިކަށް ވެސް ކޯޗްކަން ކޮށްދީފަ އެވެ. އެންމެ ފަހުން އޭނަ ކޯޗްކަން ކޮށްދީފައި ވަނީ މެންޗެސްޓާ ޔުނައިޑެޑަށެވެ. ޔުނައިޓެޑުގެ ކޯޗްކަމުން ވެން ހާލް ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.

ވެންހާލްގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ނެދަލެންޑްސް އަށް ތިން ވަނަ ހޯދައިދީފަ އެވެ. އަދި މީގެއިތުރުން އަޔެކްސް އަށް ތިން ފަހަރު ނެދަލެންޑްސްގެ ލީގު ކާމިޔާބު ކޮށްދިންއިރު ބާސެލޯނާ އަށް ދެ ފަހަރު ސްޕެނިޝް ލީގު އޭނަ ވަނީ ކާމިޔާބު ކޮށްދީފަ އެވެ. އަދި އެންމެ ފަހުން ކޯޗުކަން ކޮށްދިން މެންޗެސްޓާއަށް އޭނާވަނީ އެފްއޭކަޕް ކާމިޔާބުކޮށްދީފަ އެވެ.

ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ވެންހާލް ވަނީ އޭނަގެ ކޯޗު ކަމުގައި އޭޒެޑް އަށް އެއް ފަހަރު ނެދަލެންޑްސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް