11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

އުތުުރު ކޮރެއާ - އެމެރިކާ

އުތުރުު ކޮރެއާ ގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވިދާނެ: ބޯލްޓަން

  • ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމަށް ވައުދުވެވަޑައިގެންފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 1 ޖުލައި 2018 | އާދީއްތަ 19:29 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން -- އޭޕީ

އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއަރ އަދި ބައިލޮޖިކަލް ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވޭނެ ކަަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށް އެމެރިކާގެ ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސީބީއެސް ގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލާނެ ޕްލޭނެއް އެމެރިކާ އިން އެކަށައަޅާފައިވާ ކަމަށެވެ. ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާ އިން "އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ނިންމުން ނިންމާފައިވާ ނަމަ އަދި އެމެރިކާ އަށް އެކަމުގައި އެއްބާރުލުން އުތުރު ކޮރެއާ އިން ދޭނެނެމަ، ވަރަށް އަވަހަށް ކަންކަން ދާނެ ކަމަށެވެ." ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ބޯލްޓަން އިތުރަށް ވިދާޅުވީ އެމެރިކާގެ، ހުށަހެޅުން ވަރަށް އަވަހަށް އުތުރު ކޮރެއާ އަށް ހުށަހަޅާނެ ކަމަށެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު މިހަފްތާތެރޭގައި އުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެެއެވެ. އެހެންނަމަވެސް އެއީ ކަށަވަރު ރިޕޯޓުތަކެއް ނޫނެއެވެ. 

ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރިހީ ބައްދަލުވުމެއް ބާއްވަވާފައެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއަރ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް