
| 1 ޖުލައި 2018 | އާދީއްތަ 18:44 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރާއްޖޭގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ކްލަބް ވެލެންސިއާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.
ވެލެންސިއާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ ރެލިގޭޝަން ޕްލޭ އޮފްގައި 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ އަތްދަށުވުމުގެ ސަބަބުންނެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ ޕްލޭ އޮފް މެޗު 2-0 އިން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީއެވެ. އާދިއްތަ ދުވަހު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ދެވަނަ ލެގުގެ މެޗުގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދައްކައި ކުރިޔަށް ޖެހިގެން ކުޅެފައިވެއެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި މުހައްމަދު ސިފާން (ކުޑައްޓޭ) ޖަހައިދިންއިރު ވެލެންސިއާގެ ދެވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖަހައިދިނީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. މި ލަނޑަށް ފަހު ޔުނައިޓެޑް ވިކްޓްރީއިން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޓްރިންޑާޑްގެ ފޯވާޑް ސެމުއެލް ކޯޑެލްއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ނަތީޖާ އެއްވަރުވި ލަނޑު ޖަހައިދިނީ ރަފީނިޔާއެވެ.
ދެވަނަ ހާފު ފެށިގެން ސެމުއެލް އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އޭނާ ލަނޑު ޖެހުމުގެ ކުރިން ފައުލްކޮށްފައިވާ ކަމަށެވެ. މި މެޗުގައި އެގްރިގޭޓް ނަތީޖާ ވެލެންސިއާ ކޮޅަށް އެޓީމުގެ ކުޅުންތެރިންނަށް އަނބުރާލެވިފައެއް ނުވެއެވެ.
މިއީ ވެލެންސިއާގެ 39 އަހަރުވީ ދިގު ތާރީހުގައި އެޓީމު ރެލިގޭޓްވި ފުރަތަމަ ފަހަރެވެ. މި ކާމިޔާބާއެކު އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ޔުނައިޓެޑް ވިކްޓްރީއަށް ވަނީ ކަށަވަރުވެފައެވެ. ޔުނައިޓެޑް ވިކްޓްރީއަކީ 2015 ވަނަ އަހަރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީމެކެވެ. ވެލެންސިއާ ރެލިގޭޓްވުމާއެކު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މިއަހަރު ހޯދި ދަ ގޭންގްއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް