26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރާއްޖެޓީވީ ޚަބަރު ފީތާ ޕްރޮގްރ

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

 • ރާއްޖޭގެ ޕެންޝަން ސްކީމުގާ އެކްޓިވްކޮށް މިހާތަނަށް 80،000 މީހުން މެންބަރުން ހިމެނޭ
 • އަމިއްލަ މަސައްކަތް ކުރާ މީހުން މި ސިސްޓަމުގެ ތެރެއަށް ވަނުމަށް ގާނޫނުން ލާޒިމް ނުކުރޭ
 • ރަށްރަށުގާ އޭޖެންޓުން ގާއިމް ކުރުމުގެ މަސައްކަތް ޕެންޝަން އޮފީހުން ފަށަނީ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 18 ޖެނުއަރީ 2017 | ބުދަ 19:32 | |

މަގުބޫލް

 1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
 7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ޕެންޝަން އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރާއްޖޭގެ ޕެންޝަން ސްކީމުގާ އެކްޓިވްކޮށް މިހާތަނަށް 80،000 މީހުން މެންބަރުންގެ ގޮތުގައި ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.

ރާއްޖޭގެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރ އިސްމާއިލް ސުޖާއު ވިދާޅުވީ، ރާއްޖޭގެ އާބާދީއަށް ބަލާ އިރު މިހާރުވެސް ވަރަށް ބޮޑު ޕަސެންޓެއްގެ ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފަވާ ކަމަށާއި މިހާރު ގާތްގަނޑަކަށް 120،000 އަށް ވުރެ ގިނަ ޕެންޝަން އެކައުންޓް އެ އޮފީހުގައި ހުޅުވިފައިވާ ކަމަށެވެ. މި ސިސްޓަމްގެ އެކައުންޓްތަކުގާއި މިހާރު ވަޒީފާއިން ރިޓަޔަރކޮށްފައިވާ މީހުންގެ އެކައުންޓްތައްވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަޒީފާއެއް ދުވަހަކު ކޮޅުން އަދާކޮށްފައިވާ މީހުންވެސް މެންބަރުންގެ ގޮތުގައި ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސިސްޓަމުގެ ތެރެއަށް ވަރަށް ކުދި ކުދި މަސައްކަތް ކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ މީހުން ނުވަދެ އަދިވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަމިއްލަ މަސައްކަތް ކުރާ މީހުން މި ސިސްޓަމުގެ ތެރެއަށް ވަނުމަށް ގާނޫނުން ލާޒިމް ނުކުރާ ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.

 ސުޖާއު ވަނީ ޕެންޝަން ސްކީމުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ހުރި ފަސޭހަ ގޮތްތަކެއް ފަހި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ސުޖާއު ވިދާޅުވީ، ރަށްރަށުގާ އޭޖެންޓުން ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ 10 އޭޖެންޓުން ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަން ކުރުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން ޕެންޝަން ސްކީމު ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށްޓަކާ ވަނީ ޕެންޝަންގެ ތެރެއިން ގެދޮރު އިމާރަތް ކުރުމަށް ނަގާ ލޯނުތަކުގައި ރަހުނެތްގެ ގޮތުގައި ޕެންޝަން ފައިސާ ބެހެއްޓޭނެ ސްކީމެއްވެސް މިދިއަ އަހަރު ތައާރަފްކޮށް، ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް