24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އއ. އުކުޅަސް

އެމްޑީޕީގެ ތާރީހީ ބޮޑު ނިންމުމުގެ ފަހުރު އުކުޅަހަށް

 • 791 މެމްބަރުންގެ އިއްތިފާގުން ކެންޑިޑޭޓަކަށް އިބޫ
 • އުކުޅަހަށް އެތައް ބައެއްގެ ތައުރީފު
 • އެ ނިންމުމަކީ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ބޮޑު ކަމެއް
ޙުސައިން ޙަސަން | hucenhassan

| 1 ޖުލައި 2018 | އާދީއްތަ 17:20 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


އިބޫގެ ނަމަށް ތާއިދުކޮށް، ކޮންގްރެސްގެ މަންދޫބުން އަތް ނަގައިގެން: އިބޫގެ ނަން ފާސްކުރީ 791 މެމްބަރުންގެ ވޯޓުން-- -- ފޮޓޯ : މުހައްމަދު ޝަރުހާން

އއ. އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވީ އެ ޕާޓީގެ ކޮންގްރެސް ނުބާއްވާތާ، ހަތް އަހަރު ފަހުންނެވެ. އެއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގެ ރަށެއްގައި ބޭއްވި ކޮންގްރެސްއެވެ. އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ މުހިއްމު ގުނަވަނެވެ. ކޮންގްރެސްއަށް ގާނޫނީ ހައިސިއްޔަތު ލިބިގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޕާޓީގެ އެންމެ މުހިންމު މީހުން ބައިވެރިވުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި ގޮފިތަކުގެ ރައީސުންގެ މައްޗަށް އެކުލެވޭ ކޮންގްރެސްގެ ތާރީހީ ބައްދަލުވުން އުކުޅަހުގައި ފެށީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރެއްވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އެއާއެކު، އެންމެ ބޮޑު އިދިކޮޅު ޕާޓީން، ދެން ނިންމާނެ ގޮތަކާމެދު މުޅި ރާއްޖެ ކެތްމަދުވެފައި އޮތް ދަނޑިވަޅުގައި އުކުޅަހު ރައްޔިތުން ދިޔައީ ބުރަ މަސައްކަތާއެކު ކަށިން ހިތްވަރު ނެރެމުންނެވެ. ޝުއޫރުތައް ހުރީ އުތުރި އަރާފައެވެ.

މަސައްކަތުގައި އަންހެނުން: ގިނަ އަންހެންވެރިން މަސައްކަތް ކުރީ ނުނިދާ ހޭލާ ތިބެ-- ފޮޓޯ/ ސާޖިދު

އުކުޅަހުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ކޮންގްރެސްގެ މަންދޫބުންގެ ވާހަކަތަކުން އެކަން ސާފުވާނެއެވެ.

"ރެ އާއި ދުވާލު މި އަންހެނުންނާއި ފިރިހެނުން ނުނިދާ ހޭލާ އެއުޅެނީ. މި އަންހެންވެރިން އެއުޅެނީ ނުނިދާ ހޭލާ. ފެހިފެހުމާއި ދެމުމާއި އެކަންތައްތަކުގައި އުޅޭތާ ބަރާބަރު ދެ ހަފްތާވަނީ. އެހެންވީމަ އަޅުގަނޑު ވަރަށް ނަލަވޭ މި ރަށުގައި މި މަސައްކަތް ކުރާތީ. އަޅުގަނޑުމެންގެ ރަށަށް ލިބޭ ވަރަށް ބޮޑު ފަހުރެއް މީ. އަޅުގަނޑުމެންނަށް އަންނަ އީދެއް މީ އިރާދަ ކުރެއްވިއްޔާ،"

ނުނިދާ ހޭލާ އުޅުނު އަންހެން ވެރިންގެ ވާހަކަތަކުން އެ ކަމުގެ ހަގީގަތް ސާފުވެއެވެ.

"މި ރަށުގެ މި އުޅޭ ހުރިހާ ބޭފުޅުންނަކީ ވެސް ޔާމީގެ ނުބައި ނުލަވާކަމުން ސަލާމަތްވުމަށްޓަކާ މަސައްކަތް ކުރާ މީހުން. އަދި ރައީސް ނަޝީދާއި އެމްޑީޕީއަށް ކުރާ ތާއީދުގެ އިތުރަށް މި ސިޔާސަތަށް ކުރާ އިތުބާރުގެ ބޮޑު ކަމުން ހުރިހާ ކަނބަލުންނާއި ބޭފުޅުން ވެސް މަސައްކަތް ކުރަނީ،"

އެމްޑީޕީއަށް އާދަޔާ ހިލާފު ބޮޑު ތާއީދަކާއި ލޯތްބެއް އޮތް އުކުޅަހަށް އެ ޕާޓީގެ ތާރީހުގައި މިހާތަނަށް ނުބާއްވާ ވަރުގެ ބޮޑު ކޮންގްރެސްއެއް އެ ރަށުގައި ބޭއްވުމުން ކަންކަން ހަމަޖައްސައި އިންތިޒާމު ކޮށްލިލެއް މޮޅެވެ. މިއީ އެ ޕާޓީގެ ތާރީހުގައި އެންމެ ގިނަ މަންދޫބުންނާއެކު ކޮންގްރެސްއެއް ބޭއްވި ފުރަތަމަ ފަހަރެވެ. ދެހާސް ފަސް ވަނަ އަހަރުގެ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވީ 300 ވުރެ ގިނަ މެމްބަރުންނެވެ. އަދި 2010ގެ ކޮންގްރެސްގައި ބައިވެރިވީ 500އެއްހާ މެމްބަރުންނެވެ. އެމްޑީޕީގެ 13 ވަނަ އަހަރީ މުނާސަބާ ފާހަގަ ކުރަމުންދަނިކޮށް ބޭއްވި މިފަހަރުގެ ކޮންގްރެސްގައި ބައިވެރީ 812 މެމްބަރުންނެވެ.

ކުޑަކުޑަ އާބާދީއެއް އޮތް އުކުޅަހުން އެ ހުރިހާ މެމްބަރުންނަށް ކަންކަން މެނޭޖު ކޮށްލި ގޮތުގެ މޮޅު ވާހަކަ އާއި ތައުރީފު ބަންޑުންކޮށްލީ އެ މަންދޫބުންގެ އަމިއްލަ އިހްތިޔާރުގައެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރާއްޖޭގެ 200 އަށް ވުރެ ގިނަ ރަށަކުން އުކުޅަހަށް ދިޔަ މަންދޫބުންގެ ތެރެއިން ރާއްޖެޓީވީއަށް އިންޓަވިއު ދެއްވި ބޭފުޅުންގެ ވާހަކަތަކުން އެކަން ސާފުވާނެއެވެ.

"އަޅުގަނޑު މިހުރީ ހައިރާންވެފަ. އަޅުގަނޑުމެން މި ރަށަށް އައިސް ފޭބީސްސުރެ، މިއަދުގެ މި ވަގުތާ ހަމައަށް ވެސް ވަރަށް ގިނަ ކަންތައްތައް އަޅުގަނޑު ބަލައިފިން އިންތިޒާމްތަކުގެ ތެރެއިން އަޅުގަނޑުމެން އަޅައިގަންނަ ނުވަތަ މީހުންނަށް ކޮން ކަމެއްތޯ ގޯސްކޮށް ކުރެވިފަ އޮތީ. އެއްވެސް ކަމެއް އަޅުގަނޑަށް ފާހަގައެއް ނުކުރެވުނު،" ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވިއެވެ.

"ރަށުގެ އިންތިޒާމުތަކަށް ބަލާއިރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށް ބެލެވޭ. އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށަކަށް ބަލާ ވަރަށް ފުރިހަމަ ވަރަށް ރަނގަޅު ތައްޔާރީތަކަކާއެކު މި ކޮންގްރެސް،" ވިލުފުށީ ކައުންސިލްގެ ނައިބު ރައީސް ޝާފިއު ވިދާޅުވިއެވެ.

އަސްލަމް ހުށަހެޅުއްވި ގަރާރާއެކު، ޝުއޫރުފާޅު ކުރަން ފެށުމުން އަތްތިލަ ބަޑި ޖަހައި އުފާފާޅު ކުރަނީ-- ފޮޓޯ/ މުހައްމަދު ޝަރުހާން

 

ތައުރީފާއި ބަރުތީލަތަކުން، އުކުޅަހަށް ރައްދު ކުރި ހެޔޮ ބަސްތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތަފާތު ފިކުރުތަކުގެ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް އެ ރަށުގެ ފަސްގަނޑަށް އެއްވި ބޮޑު އެއްވުމުން ނިންމިގެން ދިއުމެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ސިޔާސީ ގޮތުން ފާހަގަ ކުރެވޭ ސިޔާސީ ޝަހުސިއްޔަތަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަކީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ހިތަށް ވެސް ލިބުނު ތަސައްލީއެވެ. ކިލަނބުވެ، ގަނޑުބަނޑު ކޮށްލާފައިވާ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަމަ މަގަށް އެޅުވޭނެ ކަމުގެ ފެހި ސިގުނަލް އުކުޅަހުގެ ބޮޑު ސައްލާއިން ނިންމުމަކީ ރައްޔިތުންގެ މުސްތަގުބަލަށް ކޮށާލެވޭ ފަހި މަގެކެވެ. ޖީލުތަކަށް ދެމިގެންދާ ގޮތަށް އެ ނިންމުގެ ވާހަކަ ދައްކާނެއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް ކޮންގްރެސްގައި އެ ވަގުތު ބައިވެރިވެވަޑައިގެން ތިއްބެވި 791 މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުން ތާރީހުގައި އިބުރަތަކަށް ފުދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް