17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރާއްޖެޓީވީ ފަލަ ސުރުހީ ޕްރޮގްރ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

  • ކުރިއަށް އޮތްތަނުގާވެސް އިދިކޮޅު އިއްތިހާދުން ހިންގާ ހަރަކާތްތައް އިތުރު ކުރާނަން-ޝިފާ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 18 ޖެނުއަރީ 2017 | ބުދަ 19:27 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރާއްޖެޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރާ ބިލްތަކަކީ އެއްވެސް ހާލެއްގާ ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމުގެ ނިއަތުގާ ފާސްކުރާ ބިލްތަކެއް ނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރު ޝިފާ މުހައްމަދު ވިދާޅުވީ، މިއަދުގެ ސަރުކާރުން ހިންގާ ހިޔާނަތްތަކަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގާ ހިންގާ ކަރަޕްޝަނުގެ އަމަލުތަކެއް ކަމަށެވެ. ޝިފާ ވިދާޅުވީ، މި ސަރުކާރުން ހިންގާ ހިޔާނަތުގެ މައްސަލަތުގެ ވާހަަކަ ނޫސްވެރިން ހާމަކުރުން ހަނިވެފައިވަނީ މި ސަރުކާރުން ގާނޫނުތަކަށް ގެނައި ބަދަތުލަކާ ގުޅިގެން ކަަމަށެވެ.

 

ޝިފާ ވިދާޅުވީ، މިއަދު ގައުމުގެ މިނިވަން މުއައްސަސާތަކުންވެސް މިނިވަން އިންސާފުވެރިކަމާ އެކު މަސައްކަތް ނުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލްތަކަކީ ވަކި މަގްސަދު ތަކެއް ހާސިލް ކުރުމަށްޓަކާއި ފާސްކުރެވޭ ބިލްތަކެއް ކަމަށާއި އެއީ އެއްވެސް ހާލެއްގާ ގައުމަށް ލާބައާއި މަންފާ ގެނެސްދޭ ބިލްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

 

ބިޑަކާ ނުލާ ރަށްތައް ވިއްކާލުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ ދައުލަތުގެ ވަޒީފާ ދިނުމުގަ އާއި ސަރުކާރުގެ ކަންކަމުގާ ރާއްޖޭގެ ފަސްޓް ލޭޑީ ކައިރިއަށް ބައެއް ފަރާތްތަކުން ދާ ދިއުން އެއީ އެއްވެސް ވަރަކަށް ވިސްނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވާ އޭނާ ވަނީ ރާއްޖޭގެ ފަސްޓް ލޭޑީގެ ނުފޫޒު ސަރުކާރުގެ މައްޗަށް ބޮޑުވެފައިވާ މިންވަރު ފާހަގަކުރައްވާފަ އެެވެ.

ޝިފާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައިގެން ފައިސާ ބެހުމުގެ އަމަލުތައް މިއަދުގެ ސަރުކާރުން ހިންގަމުންދާ ކަމަށާއި މިއީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް މި ސަރުކާރުގެ އަމަލުތައް ބެހެއްޓެވި ގޮތް ކަމަށެެވެ.

މީގެ އިތުރުން ޝިފާ ވަނީ މިއަދުގެ ސަރުކާރުގެ ތާއީދު ކުޑަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތްތަނުގާވެސް އިދިކޮޅު އިއްތިހާދުން ހިންގާ ހަރަކާތްތައް އިތުރުކޮށް، ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ނިކުތުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް