23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިލްވާން

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

  • ރިލްވާން ވަގަށް ނެގިތާ ދެއަހަރަށް ވުރެ ގިނަ ދުވަސް
  • އާއިލާއިން އަދިވެސް އުންމީދު ކަނޑައެއް ނުލައި
އަޒުމޫން އަހުމަދު | azmoon_ahmed

| 18 ޖެނުއަރީ 2017 | ބުދަ 15:42 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރިލްވާނުއާއި އޭނާގެ މަންމަ: އެ އާއިލާއިން ބޭނުންވަނީ އިންސާފު، އެހެން އާއިލާއަކަށް މިފަދަ ގޮތެއް ނުވުން -- ގޫގުލް

ދަރިއަކާއި މައިމީހާގެ ދެމެދުގައި އުފެދިފައިވާ މާތް ގުޅުމަކީ، މިހެން ރިޕޯޓަކުން ބަޔާންކޮށްދެވޭނެ ވަރުގެ ކަމެއް ނޫނެވެ. ދުލާއި، ގަލަމުން ވެސް އެ ވަރުގެ ހިތާމައެއް ސިފަކޮށްދިނުމުގެ ކުޅަދާނަކަމެއް ލިބިގެންވާ މީހެއް ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މަޔަކަށް އެންމެ ހިތްދަތި ވަގުތަކީ، ބަނޑުއަޅައި ވިހޭ ދަރިފުޅު ނުރައްކަލުގެ ހާލަތެއްގައި ހުންނަ ވަގުތެވެ. ދަރިފުޅަށް ވީއެއްނުވީއެއް ނޭނގުމެވެ. ދަރިފުޅަށް އެވެނިމިވެނި ގޮތެއް ހަދައިފިކަމަށް ދޫދޫމަތިން ދައުރުވަމުންދާ އަޑު މައިީހާގެ ކަންފަތުގައި ޖެހޭ ވަގުތަކީ އެ ހިތް ފަޅައިގެންދާނެ ފަދަ ވަގުތެކެވެ.

 

ވިސްނަވާލަބައްލަވާށެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަންމަ ކުރާނެ ހިތާމަ ތަސައްވަރު ވެސް ކުރެވޭތޯ އެވެ. އެ ނިކަމެތި މައިމީހާގެ އުނގުުން، ދެ ލޯ ފަދަ ދަރިފުޅު ޖަހައިގަތްތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ދަރިފުޅަށް ވީއެއްނުވީއެއް މިއަދާ ހަމައަށް ވެސް އެނގެނީއެއް ނޫނެވެ. ކަނޑު ފައްތާލީއޭ، ވަޅުލީއޭ ކިޔައިގެން ރަށު ތެރޭގައި ދެކެވޭ ވާހަކަތައް އަޑުއިވޭ ހަމަ ކޮންމެ ފަހަރަކު މައިމީހާގެ ލަގޮނޑި ފަޅައިގެން ދާވަރުނުވާނެތޯ އެވެ؟

 

މިއަދަކީ ރިލްވާންގެ 31 ވަނަ ވަނަ އުފަން ދުވަހެވެ. ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް، މިއަހަރު ވެސް ރިލްވާންގެ މަންމައާއި އާއިލާ އަށް އޭނާގެ އުފަން ދުވަސް ފާހަގަކުރަން ޖެހިފައިމިވަނީ މޮޅިވެރިކަމާއި ކަރުނައިގެ ތެރެއިންނެވެ. އޭނާ ނެތުމުގެ ފުން ހިތާމައިގެ ތެރޭގަ އެވެ. އޭނާގެ ޅައުމުރުގެ ފޮޓޯތަކަށް ބަލަން ތިބުން ނޫން ގޮތެއް އެ އާއިލާއަކަށް ނެތެވެ. އެއްކޮށް ހީހީފައި ސަކަރާތްޖަހާ، މަޖާކޮށް އުޅުނު ދުވަސްތައް ހަނދާންކޮށްގެން ތިބުން ނޫން ގޮތެއް ނެތެވެ.

 

ރިލްވާނުގެ މަންމައާއި އެއާއިލާ ތަހައްމަލުކުރަން ޖެހިފައިވާ ހިތްދަތިކަމަކީ އެއްވެސް އިންސާނަކަށް ކުރިމަތިކުރުވަން ހެޔޮވާނެ ވަރުގެ ކަމެއް ނޫނެވެ. ފަހެ، އެ އެއާއިލާ އާއި ރިލްވާނުގެ އޮތީ ކޮން ކުށެއްތޯ އެވެ؟ ރިލްވާނުގެ މަންމަ އެދެނީ އަދި އެއްފަހަރު ނަމަވެސް ދަރިފުޅު ދެކިލުމަށެވެ. ބައްދާލުމަށް ފަހު ބޮސް ދިނުމަށެވެ. ދަރިފުޅުގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެލުމަށެވެ. ބައްޕަ އެދެނީ ދަރިފުޅުގެ އެހީތެރިކަމެވެ. އުމުރުން ދުވަސްވީ ދުވަހު އެކުގައި އަތްގާތްކޮށްދޭން ހުރުމަށެވެ. ދައްތަ އެދެނީ، ކޮއްކޮގެ އެ މަޖާ ޖޯކުތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.

 

ރިލްވާނު ވަގަށް ނެގުމުން އޭނާގެ މަންމައާއި އާއިލާގެ ވޭނީ އާދޭސްތައް އަޑުއަހާލާނެ ކަންފަތެއް މިގައުމުގެ މަތީފަޑީގައި ނެތެވެ. އެ ހިތްދަތިކަން ދެކިލައި، އެމީހުންނާއެކު ހި މާ ހިތާމައިގައި ބައިވެރިވެލާނެ މީހަކު މިގައުމުގެ ސަރުކާރުގައި ނެތެވެ. ރިލްވާނުގެ މައްސަލައިގައި ސަރުކާރުގައި ތިބި ބޭފުޅުން މިހާ ދުރުދުރުން މިއުޅެނީ ކީއްވެތޯއެވެ؟ މިއުޅެނީ މި ދިވެހިރާއްޖޭގެ ރައްޔިތަކު ވަގަށް ނަގައިގެންނެވެެ. ކުޅަދާނަކަން ހުރި މިންވަރަކުން މި މައްސަލައިގައި މަސައްކަތް ކޮށްދިނުން އެންމެ އައުލާވެގެން ވަނީ ދިވެހި ސަރުކާރަކަށް ނޫންތޯ އެވެ؟ އެ އާއިލާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ވަލިއްޔުލްއަމްރު ވަޑައިގެން އެ އާއިލާއާ ބައްދަލުކޮށްލުން ރަނގަޅު ނޫންތޯ އެވެ؟ އެކަމަކުން އެމަނިކުފާނުންގެ ހައިބަތަށް އުނިކަމެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

 

ރިލްވާނުގެ އާއިލާގެ ހިތާމަ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވެގެން ދަނީ ގޮތް ހުސްވެފައިވާކަން ގަބޫލުކުރެވޭތީ އެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭންޖެހޭ ދައުލަތުގެ އަމަލުތައް ހުރި ގޮތުންނެވެ. މަންމައާއި ދަރިފުޅު ވަކިކޮށްފައިވާއިރު، އެކަން ކުރި މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނެސްފައިނުވާތީ އެވެ. ހައްގާއި އިންސާފު އޮޅުވާލާފައިވާތީ އެވެ.

 

މި ހުރިހާ ކަމަކާއެކު ވެސް ރިލްވާނުގެ މަންމައާއި އެ އާއިލާއިން އުންމީދު ކަނޑައެއް ނުލަ އެވެ. ރިލްވާނަށް ވީގޮތް ހޯދުމަށް ކިތަންމެ ކަށިކުނބުރު ގިނަ ވަލެއްގެ ތެރެއިން ވެސް މަގެއް ހޯދައިގެން ދަތުރުކުރުމަށް އެ އާއިލާއިން ވަނީ އަޒުމް ކަނޑައަޅާފަ އެވެ. އެންމެ ކަމަކަށްޓަކަ އެވެ. އެއީ، މިފަދަ ކަމެއް އެހެން މީހެއްގެ ދަރިޔަކާ ކުރިމަތިވިޔަ ނުދިނުމަށެވެ. އެހެން މަޔަކާއި ބަފަޔަކު މިފަދަ ހިތާމައެއް ބަރުދާސްތުކުރަން ޖެހޭ ފަދަ ހާލަތެއް މިގައުމުގައި އުފެދުނު ނުދިނުމަށެވެ. އިންސާފާއި މިނިވަންކަން އެއީ، ނިކަމެތިންނަށް މަނާކުރެވިފައިވާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަމަށެވެ. ދަރިއެއްގެ އުފަން ދުވަސް، ކަރުނައިގެ ކޯރުތަކެއްގައި ތިބެގެން އެއްވެސް އާއިލާއަކަށް ފާހަގަކުރަން ނުޖެހޭނެ ފަދަ ރާއްޖެއެއް ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް