18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޑްރޭކް

ޑްރޭކްގެ އާ އަލްބަމް:'ސިއްރު' ދަރިއެއްގެ ވާހަކަ އާއި މައިކަލް ޖެކްސަންގެ އަޑާއެކު ރިކޯޑްތައް މުގުރަނީ!

  • ޑްރޭކްގެ "ސްކޯޕިއަން" އަލްބަމް ރިލީޒް ކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާ ބަންދުގައި
  • އަަލްބަމުން ދަނީ އެޕަލް މިއުޒިކް އަދި ސްޕޮޓިފައިގައި ރިކޯޑްތައް މުގުރަމުން
  • "ސްކޯޕިއަން"އިން 2009 ވަނަ އަހަރު ނިޔާވެފައިވާ މައިކަލް ޖެކްސަންގެ އަޑު އިވިގެންދޭ
އައިޝަތު ޝާނީ | Shaaknee

| 1 ޖުލައި 2018 | އާދީއްތަ 11:08 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޑްރޭކް -- ގެޓީ އިމޭޖާސް

ދުނިޔޭގެ މަޝްހޫރު ރެޕް އާޓިސްޓް، ޑްރޭކްގެ އާ އަލްބަމެއް ރިލީޒްކޮށްފިއެވެ.

ކެނެޑާއަށް ނިސްބަތްވާ މި ފަންނާނުގެ އަލްބަމް "ސްކޯޕިއަން" ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހުއެެވެ. އަދި ރިލީޒް ކުރުމާ އެކު ވަނީ ރިކޯޑްތަކެއް މުގުރާލާފައެވެ.

އެ ގޮތުން، އެޕަލް މިއުޒިކްއާ ސްޕޮޓިފައިގެ އެއް ދުވަހުގެ ސްޓްރީމިންގ ރިކޯޑް "ސްކޯޕިއަން"އިން ވަނީ މުގުރާލާފައެވެ. ރިލީޒް ކުރިތާ ފުރަތަމަ 24 ގަޑި އިރުގެ ތެރޭގައި އެ އަލްބަމް 170 މިލިއަން ފަހަރު ސްޓްރީމް ކުރެވިފައިވާ ކަމަށް އެޕަލް މިއުޒިކްއިން ހާމަކޮށްފައިވާ އިރު، ސްޕޮޓިފައިއިން ބުނީ އަލްބަމްގެ 25 ލަވަ 132 މިލިއަނަަށް ވުރެ ގިނަ ފަހަރު ފުރަތަމަ ދުވަހު ސްޓްރީމް ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ ރިކޯޑް އޮތީ 79 މިލިއަން ވިއުސްއާ އެކު މަޝްހޫރު ރެޕް އާޓިސްޓް ޕޯސްޓް މަލޯންގެ އަތުގަައެވެ.

ޑްރޭކްގެ "ސްކޯޕިއަން" އަލްބަމުން މުގުރަމުންދާ ރިކޯޑްތަކަށް ވުރެ ބޮޑަށް، އޭގެ ލަވަތަކުން އޭނާ ހާމަކޮށްފައިވާ ވާހަކަތައް މާ ވަރުގަދައެވެ.

އެގޮތުން، "އިމޯޝަންލެސް" ކިޔާ ލަވައެއްގައި 31 އަހަރުގެ ޑްރޭކް ވަނީ އޭނާގެ "ސިއްރު" ކުއްޖެއް ހުންނަކަން ހާމަކޮށްފައެވެ. މީގެ ކުރިން އެފަދަ ވާހަކަ ފެތުރިފައިވީ ނަމަވެސް، މިއީ އެކަމާ ގުޅޭ ގޮތުން ޑްރޭކް އެއްޗެކޭ ބުނެފައިވާ ފުރަތަމަ ފަހަރެވެ.

"އަހަރެން ދުނިޔެއަކަށް ދަރިއެއް ނުފޮރުވަން، ދަރިފުޅަށް ދުނިޔެ ދައްކަން ބޭނުންނުވީ"ކަމަށް ލަވައިގައި އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، މިއުޒިކް ލެޖެންޑް މައިކަލް ޖެކްސަންގެ މަޝްހޫރު ލަވަ "ބިލީ ޖީން"އާ ގުޅުވާލާ "އިމޯޝަންލެސް"ގައި ބުނަނީ، "ބިލީ ޖީން އެކޭ އެއްފަދައިން އެއީ އަހަރެންގެ ލޯބިވެރިޔާއެއް ނޫން، އެކަމަކު ދަރިއަކީ އަހަރެންގެ ދަރިއެއް"ކަމަށެވެ.

މިއީ "ސްކޯޕިއަން"އާއި މައިކަލްއާ އޮތް ހަމަ އެކަނި ގުޅުމެއް ނޫނެވެ. މި އަލްބަމްގައި 2009 ވަނަ އަހަރު މަރުވެފައިވާ މައިކަލްގެ އަޑުވަނީ ބޭނުން ކޮށްފައެވެ. "ޑޯންޓް މެޓާ ޓު މީ" ލަވައިގައި އިވެނީ މައިކަލްގެ އެންމެ މަޝްހޫރު އެއް ލަވަކަމަށްވާ "ތްރިލަރ"ގެ ވެސް ކުރިން އޭނާ ރިކޯޑްކޮށްފައިވާ ސާމްޕަލްއެއްގެ ތަންކޮޅެވެ. ލަވަ ރިލީޒް ކުރުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ހުއްދަ ޑްރޭކް ހޯދާފައިވާ އިރު، މައިކަލަށް ބޮޑުބޭބެ ކިޔާ އޯސްޓިން ބްރައުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ.

ބްރައުން ބުނެފައިވަނީ މައިކަލް ނުނިންމާ އިން އެއްޗެއް ބޭނުން ކުރުމަކީ ރަނގަޅު ގޮތެއްކަމަށް އޭނާ ނުދެކޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް