11 ޑިސެންބަރު 2018 | އަންގާރަ | 03 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

އާދަޔާ ޚިލާފް ކުއްޖެއް

ބެލްޖިއަމްގެ އަށް އަހަރުގެ ކުއްޖެއް ޔުނިވާސިޓީއަށް!

 • ސުކޫލް ދައުރު ނިންމާލީ ދޮޅު އަހަރުން
 • ޑިޕްލޮމާ ވެސް ވަނީ ހަދާފައި
 • އައި ކިއު އައިންސްޓައިންއާ ގާތް ކުރޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 1 ޖުލައި 2018 | އާދީއްތަ 09:00 | |

މަގުބޫލް

 1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
 2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
 3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
 6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
 7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ލޯރެންޓް ނަމަކަށް ކިޔާ ކުއްޖާ ބޭނުން ވަނީ ކޮމްޕިއުޓަރުގެ ދާއިރާ އިން ކުރިއަށް ދާން -- ބީބީސީ

ބެލްޖިއަމްގެ އަށް އަހަރުގެ ކުޑަކުއްޖެއް ސުކޫލް ދައުރު އެންމެ ދޮޅު އަހަރުން ނިންމާލުމަށްފަހު ޔުނިވާސިޓީއަށް ވަދެއްޖެއެވެ.

ބެލްޖިއަމްގެ ފިރިހެނަކާއި ޑަޗް އަންހެނަކަށް ލިބިފައިވާ މި ފިރިހެން ދަރިފުޅުގެ ތޫނުފިލި މިންވަރު ހުރީ 145 ގައެވެ. އެއީ ކާއިނާތާ ބެހޭ މަޝްހޫރު ސައިންޓިސްޓް ކަމަށްވާ ކިންގްސްއާ ގާތް ކުރާ އަދަދެކެވެ. ހޯކިންގްގެ އައި ކިއު ހުންނަނީ 160ގައެވެ. ލޯރެންޓް ސައިމަން ނަމަކަށް ކިޔާ މި ކުއްޖާ ވަނީ ސުކޫލް ނިންމުމަށްފަހު 18 އަހަރުގެ ދަރިވަރުންނާއެކު ޑިޕްލޮމާއެއް ވެސް ފުރިހަމަ ކޮށްފައެވެ.

ބެލްޖިއަމްގެ ރޭޑިއޯ ސްޓޭޝަންއަކަށް ދިން އިންޓަވިއުއެއްގައި ލޯރެންޓް ބުނީ އޭނަ އެންމެ ގަޔާވަނީ ހިސާބު މާއްދާއާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އެ މާއްދާ ވަރަށް ފުޅާ ވެފައި  އޭގައި ގިނަގުނަ ސްޓެޓިސްޓިކްސް ހިމެނޭތީ ކަމަށެވެ. އޭގެ އިތުރުން އޭގައި ޖިއޮމެޓްރީ އާއި އަލްޖިބްރާ ފަދަ ބައިތައް ހިމެނުމަކީވެސް އިތުރަށް ކިޔަވަން ބޭނުންވި ސަބަބުތަކުގައި ހިމެނޭ ކަންކަން ކަމަށެވެ.

ލޯރެންޓް ޔުނިވާސިޓީ ފައްޓަން ހަމަޖެހިފައި ވަނީ ދެ މަސްދުވަހަށް ފަހުއެވެ. މިހާރު ލޯރެންޓް ހުރީ ސްކޫލް ނިންމުމާއި ގުޅިގެން ލިބުނު ޗުއްޓީގައެވެ.

އޭނަގެ ބައްޕަ ބުނީ ލޯރެންޓް އެންމެ ކުޑަ އިރުއްސުރެން ވެސް އެއް އުމުރެއްގެ ކުދިންނާ އެކު ގުޅިގެން އުޅުމަށް ނުކުޅެދޭ ކަމަށެވެ. އޭގެ އިތުރަށް ކުޅޭ އެއްޗަކަށް ވެސް މާ ބޮޑު ޝައުގެއް ނުހުންނަކަން ވަނީ ފާހަގަ ކޮށްފައެވެ.

ލޯރެންޓް ބުނީ އޭނަ ބޭނުންވަނީ އޮޕަރޭޝަން ކުރާ މީހަކަށް ވުމުގެ އިތުރުން އެސްޓްރޮނޯޓްއަކަށް ވާން ކަމަށެވެ. އެހެން ނަމަވެސް މިހާރު ބޭނުންވަނީ ކޮމްޕިއުޓަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށެވެ.

އޭނަގެ ބައްޕަ ބުނީ ދަރިފުޅު ކޮންމެ ދާއިރާއަކަށް ދިޔަޔަސް، އެ ކުއްޖާއަށް މައިންބަފައިންގެ ތާއީދު ލިބޭނެކަމަށެވެ.

"އޭނަ މާދަމާ ވެސް ބޭނުންވީ ވަޑާން ކުރާ މީހަކަށް ވާން، އެ ނުވާނެ އަހަރުމެންނަށް މައްސަލައަކަށް، އޭނަ އެކަންކުރަނީ ކުރާ ހިތުން ކަމުގައި ވާނަމަ"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް