23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ތެލުގެ ބާޒާރު

ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދިނުމަށް ޓްރަމްޕް ސައުދީއަށް ދަންނަވައިފި

  • އިތުރު ދެ މިލިއަން ފީފާ އުފެއްދުމަށް ޓްރަމްޕް އެދިވަޑައިގަނޭ
  • އޯޕެކް ބައްދަލުވުމަށްފަހު ނިންމާފައިވަނީ ދުވާލަކަށް 1 މިލިއަން ފީފާ އިތުރުކުރުމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 1 ޖުލައި 2018 | އާދީއްތަ 08:03 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރައީސް ޓްރަމްޕް(ވ) ވަނީ ރަސްގެފާނު ސަލްމާނަށް ގުޅުއްވައި ތެޔޮއުފެއްދުން އިތުރުކުރެއްވުމަށް ދަންނަވާފައި -- ގޫގުލް

ތެލުގެ އަގު މައްޗަށް ދިއުން ހުއްޓުވުމަށް ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ކިބައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ.

ރައީސް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރޭ ތެލުގެ އަދަދު ދެ މިލިއަން ފީފާ އިތުރުކޮށް ދެއްވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަރިހުން އެދިވަޑައިގެންފައިވާކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ތެލުގެ މިންވަރު އިތުރުކުރަން ޖެހެނީ ވެނެޒުއޭލާގެ ހަމަނުޖެހުމާއި އީރާނަށް އެ މިންވަރަށް ތެޔޮ ނޫފެއްދޭތީކަމަށެވެ.

މިދިޔަ ހަފްތާގައި ތެލުގެ އަގު އުފުލިފައިވާއިރު އެކަމުގެ އެއްސަބަބަކީ އެންމެ ގިނައިން ތެޔޮއުފައްދާ އެއް ގައުމުކަމަށްވާ އީރާނާއި ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ރޭވުމެވެ.

ރަޝިއާއެކޭ އެއްފަދައިން ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ، އޯޕެކްއިންވެސްވަނީ ތެޔޮ އުފައްދާ މިންވަރު ޖުލައިމަހުން ފެށިގެން އިތުރުކުރުމަށް އެއްބަސްވެފައެވެ.

ސައުދީ ޕްރެސް އޭޖެންސީއިންވެސްވަނީ ރައީސް ޓްރަމްޕް ސައުދީގެ ރަސްގެފާނު ސަލްމާންއަށް ފޯނުން ގުޅުއްވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ތެލުގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ބުނުމުގެ އިތުރުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މީގެ އިތުރުން އެމެރިކާއިން ހުށަހެޅި އަދަދު ކަމަށްވާ ދުވާލަކު ދެ މިލިއަން ފީފާ އިތުރުކުރުމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވިކަމެއް ކަށަވަރުކުރެވިފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮއުފައްދާ ގައުމުކަމަށްވާއިރު މެއި މަހު އެ ގައުމުގައި ދުވާލަކު 10 މިލިއަން ފީފާ އުފައްދާފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިތުރަށް ދުވާލަކު 1.5 މިލިއަން ފިފާއާއި  ދެ މިލިއަން ފީފާއާއި ދެމެދުގެ އަދެއް އުފެއްދުމުގެ ގާބިލުކަން އެގައުމުގައި އެބަހުއްޓެވެ. ނަމަވެސް ވޯލްސްޓްރީޓް ޖާނަލްގައި ތަޖުރިބާކާރަކު ވިދާޅުވެފައިވާ ގޮތުގައި އެ އަދަދަކީ އެމެރިކާ ބޭނުންވާ އަދަދާ އެއްވަރުގެ އަދަދަކަށް ނުވާނެއެވެ.

ސައުދީ އަރަބިއްޔާގެ އޮފިޝަލަކު އެ ނޫހުގައި ވިދާޅުވެފައިވަނީ ދުވާލަކު 11 މިލިއަން ފީފާއަށްވުރެ އިތުރަށް އުފައްދަން އެ ގައުމުން ބޭނުންނުވާކަމަށާއި އަދި އެގައުމުގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން މަހާރަށްވުރެ އިތުރުކުމުގެ ގަސްތެއް ނެތްކަމަށެވެ.

އެމެރިކާގެ އެންމެ ގާތް އެއްގައުމަކީ ސައުދީ ނަމަވެސް ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް އޯޕެކްއަށް ފާޑުވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް