20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: އެމްބާޕޭގެ މޮޅު ކުޅުމާއެކު މެސީ އަދި އާޖެންޓީނައަށް ވާރލްޑް ކަޕް ނިމިއްޖެ

  • މި ދެ ޓީމު ބައްދަލުކުރި ފޯރިގަދަ މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް
  • އެމްބާޕޭ މި މެޗުގައި ދެ ލަނޑު ޖެހި
  • އާޖެންޓީނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 30 ޖޫން 2018 | ހޮނިހިރު 21:52 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


އެމްބާޕޭ މި މެޗުގައި އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރޭގައި -- ގެޓީ އިމޭޖާސް

ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ފްރާންސް އަދި އާޖެންޓީނާ ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމާއެކު ފްރާންސްއިން އާޖެންޓީނާ އަދި ލިއޮނެލް މެސީގެ ވާރލްޑް ކަޕަށް ނިމުމެއް ގެނެސްފިއެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކުރި ފޯރިގަދަ މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސްއެވެ. މިއީ މި ދެޓީމުގެ މެދުގައި ކުޅެވުނު 12 ވަނަ މެޗަށްވާއިރު ވާރލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ދެފަހަރު ވެސް މި މެޗުގެ ކުރިން މޮޅުވީ އާޖެންޓީނާއެވެ.

މި މެޗުގައި އާޖެންޓީނާގެ ޓީމުން ފެނިގެންދިޔައީ އެންމެ ބަދަލެކެވެ. އެއީ ގޮންޒާލޯ ހިގުއައިންގެ ބަދަލުގައި ކްރިސްޓިއަން ޕަވޯންއަށް ދިން ފުރުސަތެވެ. ފްރާންސްގެ ފުރަތަމަ އެގާރައިން ހަ ބަދަލެއް ފެނިގެންދިޔައެވެ.

ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ފްރާންސްއެވެ. އެޓީމުން ހަމަލާ އުފެއްދުމަށް މަސައްކަތްކުރިއިރު މެޗުގެ ނުވަ މިނެޓުގައި ގްރީޒްމަން ފޮނުވާލި ހިލޭ ޖެހުމެއް އަމާޒުވީ އާޖެންޓީނާގެ ހުރަސް ދަނޑިއަށެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ކިލިއަން އެމްބާޕޭއަށް ފައުލްކުރުމާއި ގުޅިގެން ފްރާންސަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގައިދިނީ ގްރީޒްމަންއެވެ. މި ހާފުގެ އެހިސާބުން ފެށިގެން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު އާޖެންޓީނާއިން އެއްވަރުކުރީ 41 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެޓީމަށް އެއްވަރުކޮށްދިނީ އެންހެލް ޑިމާރިއާއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން އާޖެންޓީނާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ގެބްރިއެލް މަކާޑޯއެވެ. ފްރާންސްގެ ކުޅުން މި ލަނޑަށްފަހު ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑް ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަލުން އަނބުރާ ފްރާންސްއިން މެޗުގެ ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ. އޭނާ ވަނީ އޭގެ ފަސް މިނެޓު ފަހުން އަނެއްކާ ވެސް ލަނޑެއް ޖަހާ ފްރާންސަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު އާޖެންޓީނާއިން ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އާޖެންޓީނާއިން މެޗުގައި ޖެހި ތިންވަނަ ލަނޑު އެޓީމުން ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މެސީގެ ބޯޅައަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ލިއޮނެލް މެސީއެވެ.

މި މެޗާއެކު ފްރާންސްގެ ކޯޗު ޑިޑިއާ ޑެޝޭމްޕްސް ވަނީ ފްރާންސަށް 80 މެޗުގައި އިރުޝާދު ދީފައެވެ. މިއީ އެ  ޓީމުގެ ރެކޯޑެކެވެ.

ކިލިއަން އެމްބާޕޭ ވެގެންދިޔައީ 19 އަހަރުގައި ވާރލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ޕެލޭގެ ފަހުން ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ބައްޔާއެކު ލިއޮނެލް މެސީގެ ކެރިއަރު އޭނާ ނިންމާލާނީ ވާރލްޑް ކަޕްގެ ތަށްޓެއް ނެތެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް