20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ބާކްރީ ސަގްނާ

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

  • އިނގިރޭސި އެފްއޭ އިން ވަނީ ސަގްނާ 40،000 ޕައުންޑުން ޖޫރިމައިނާކޮށްފަ
ލީވާން އަލީ | MrLeevaan

| 18 ޖެނުއަރީ 2017 | ބުދަ 05:43 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


މެންޗެސްޓާ ސިޓީ އަށް ކުޅޭ ސަގްނާ -- ގޫގުލް

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން މެންޗެސްޓާ ސިޓީގެ ބާކްރީ ސަގްނާ ޖޫރިމައިނާކޮށްފި އެވެ.

މި މަހު ބާންލީ އަތުން 1-2 ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި ރެފްރީގެ ނިންމުންތަކާ ސުވާލުއުފައްދާ ސަގްނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓާ ގުޅިގެން އިނގިރޭސި އެފްއޭ އިން ވަނީ އޭނާ 40،000 ޕައުންޑުން ޖޫރިމައިނާކޮށްފަ އެވެ.

އެ މެޗުގައި ސާޖިއޯ އަގުއެރޯ އަދި ގައެލް ކްލިޗީގެ ލަނޑުތަކުން ސިޓީ މޮޅުވިއިރު، ބާންލީގެ ޖޯހަން ގުޑްމަންޑްސަން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސިޓީގެ ފެނާންޑީނިއޯ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެކަމާ ސިޓީގެ ކުޅުންތެރިން ވަނީ މެޗުގައި ރެފްރީގެ ނިންމުންތަކަށް ނުރުހުން ފާޅުކޮށްފައެވެ.

މީގެއިތުރުން އެ މެޗުގައި ބާންލީގެ މިޑްފިލްޑަރު ޖޯޖް ބޮއިޑްއާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރެފްރީ ވަނީ ސަގްނާ އަށް ވެސް މެޗުގައި ރަތް ކާޑެއް ދައްކާފަ އެވެ.

އެކަމާ ނުރުހުން ފާޅުކޮށް ސަގްނާ އިންސްޓަގްރާމްގައި ޕޯސްޓެއް ކުރިނަމަވެސް އެފްއޭ އިން އޭނާއާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފައެވެ.

ސަގްނާ ވަނީ މި ސީޒަނުގައި ސިޓީ އަށް 11 މެޗު ކުޅެދީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން އޭނާ ވަނީ މިދިޔަ ސީޒަނުގައި 28 މެޗު އެޓީމަށް ކުޅެދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް