21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ފަތުރުވެރިކަން

މާވަރުފަޅު ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

  • މާވަރުފަޅު ހިއްކުމުގެ މަސައްކަތް 10 ނުވަތަ 15 ދުވަސް ތެރޭގައި ފަށާނެ
  • ފުރަތަމަ ފިޔަވަހީގެ ދަށުން އަށް ހެކްޓަރުގެ ދެ ރަށް ހިއްކާނެ
އަމްނާ އިމާދު | @amnabinthimad

| 30 ޖޫން 2018 | ހޮނިހިރު 19:12 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


މާވަރުފަޅު ހިއްކުމަށްފަހު ތަރައްގީ ކުރާ ރަށްތަކުގައި ފަސްތަރިއާ ހަތްތަރީގެ ހޮޓެލްތައް އެޅުމަށް ވަނީ ހަމަޖެހިފައި -- ޓްވިޓަރ

މާލެ އަތޮޅު މާވަރުފަޅު ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ފަތުރުވެރިކަމުގެ މަޝްރޫއެއް ފެށުމަށް މާވަރުފަޅު ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވަނީ މިއަހަރު މެއިމަހުގެ ތެރޭގައެވެ. އެގޮތުން މާވަރު ފަޅުގައި ހަތަރު ރަށް ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

އެމްޓީސީސީއިން ބުނީ މިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަތް އޮތް 10 ދުވަސް ނުވަތަ 15 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މި މަސައްކަތުގައި ބޭނުންކުރާނީ ކަޓަރ ސަކްޝަން ޑްރެޖަރުތަކެއް ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ދިގުމިން ތިން ކިލޯމީޓަރު ހުންނަ މާވަރު ފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން އަށް ހެކްޓަރުގެ ދެ ރަށް ހިއްކާނެ އެވެ. އަދި އެމްޓީސީސީއިން އެމަސައްކަތް 60 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.

ގުޑް ކެޗް ކުންފުންނިން ބުނީ މި ދެ ރަށުގައި ފަސް ތަރިއާއި ހަތް ތަރީގެ ހޮޓެލްތައް އަޅާނެ ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ވެސް އެކުންފުނިން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް