25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މެންފިސް ޑިޕޭ

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

  • ޑިޕޭ ހޯދުމަށް ލިޔޯން އިން ބޭނުންވޭ
  • ޑިޕޭ ހޯދުމަށް އޮލިމްޕިކް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކުރި
ލީވާން އަލީ | MrLeevaan

| 19 ޖެނުއަރީ 2017 | ބުރާސްފަތި 04:05 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޔުނައިޓެޑަށް ކުޅެމުން އަންނަ ޑިޕޭ -- ގޫގުލް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލޭންޑްސް ފޯވާޑް މެންފިސް ޑިޕޭ ހޯދުމަށް އޮލިމްޕިކް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެއިލީ މިރާ އިން ބުނީ ޑިޕޭ ހޯދުމަށް ލިޔޯން އިން ބޭނުންވާ ކަމަށައި، އެގޮތުން އެ ކްލަބުން އޭނާ ހޯދުމަށް 13 މިލިއަން ޕައުންޑުގެ ބިޑެއް ޔުނައިޓެޑަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ބޭނުންވަނީ ޑިޕޭ އަގުބޮޑުކޮށް ވިއްކާލުމަށެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ލިޔޯން އިން 17.5 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅައިފި ނަމަ އޭނާ ވިއްކާލަން އެއްބަސްވެފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑިޕޭ ބުނީ އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ކަމެއް އޭނާ އަށް ނޭނގޭ ކަމަށާއި، މިހާރު އޭނާގެ ހުރިހާވެސް ފޯކަސްއެއް ހުރީ ޔުނައިޓެޑަށް ކަމަށެވެ. އެގޮތުން ގިނަ ވަގުތު ކުޅުމަށް ވެސް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ގިނަ ކްލަބްތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ޑިޕޭ ހޯދުމަށް އެވަޓަންގެ އިތުރުން އިޓަލީގެ ގިނަ ކްލަބްތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭސީ މިލާން، ނަޕޯލީ، އޭއެސް ރޯމާ އަދި ޔުވަންޓަސްވެސް ހިމެނެއެވެ. މީގެއިތުރުން އޭނާ ހޯދުމަށް ސްޕެއިން އަދި ޖަރުމަންގެ ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެސްވީން 2011 ވަނަ އަހަރު ކެރިޔަރު ފެށި 22 އަހަރުގެ ޒުވާން ވިންގާ ވަނީ އެޓީމަށް 124 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އޭނާ ޕީއެސްވީއާ އެކު ހޯދި ކާމިޔާބީތަކަށް ބަލާއިރު، ނެދަލޭންޑްސް ލީގް އެއް ފަހަރު އަދި ނެދަލޭންޑްސް ކަޕް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.
އުމުރުން 15 އަހަރުން ފެށިގެން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ޑިޕޭ ވަނީ ނެދަލޭންޑްސް ސީނިއާ ޓީމަށް 25 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ޔުއެފާ ޗެންޕިއަންޝިޕް ނެދަލޭންޑްސްއާ އެކު ކާމިޔާބުކޮށްފަ އެވެ.
ޑިޕޭ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް މި ސީޒަނުގައި އަދި އެޓީމަށް އެންމެ މެޗެއް ވެސް ކުޅެދެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް