25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އެމްޑީޕީ ކޮންގްރެސް

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

  • މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކުރާނެކަމުގެ ޔަގީންކަން ކޯލިޝަނުން ވަނީ ދީފައި
  • ކޯލިޝަނުން ވަނީ ރައްޔިތުންނަށްޓަކައި ގައުމު މަސްލަހަތު އިސްކޮށް ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކޮށްފައި
އަމްނާ އިމާދު | @amnabinthimad

| 30 ޖޫން 2018 | ހޮނިހިރު 15:39 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


އެމްޑީޕީ ކޮންގްރެސްއިން އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ ފެނިގެން ގޮސްފައި -- ފޮޓޯ : މުހައްމަދު ޝަރުހާން

އއ. އުކުޅަހުގައި ބާއްވަމުންދާ އެމްޑީޕީގެ ކޮންގްރެސްއިން އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ކަށަވަރުކޮށްދީފި އެވެ.

މިއަދު 11 ޖެހިއިރު ފެށި މިކޮންގްރެސްއިން ފެނިގެންދިޔައީ ރޫޅިފައިވާ ކަމަށްބުނާ ކޯލިޝަން އެކަތިގަނޑަކަށް ވެގެން އެންމެން ވެސް އެއްވާހަކަތަކެއް، އެއްކަންބޮޑުވުމެއް އެއް ޝުއޫރެއްފާޅު ކުރަމުންދިޔަ މަންޒަރެވެ. އެކަކު އަނެކަކާއި ސަލާމްކޮށް، މާފަށް އެދި ގައުމު މިހާރު މިދާ މިސްރާބުން އެހެން މިސްރާބަކަށް ބަދަލުކޮށްލުމަށް އެންމެން އަތުކުރި އޮޅާލިތަނެވެ. ރައްޔިތުންނަށްޓަކައި ގައުމުގެ މަސްލަހަތު އިސްކޮށް ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރިތަނެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށެން ކުޑަތަން ވީއިރުވެސް ކޯލިޝަންގެ ތެރޭގައި ކުދި ކުދި ދެބަސްވުންތައް އޮތީ އުފެދޭން ފަށާފައެވެ. ތަފާތު ހިޔާލާއި ފިކުރުތަކުގެ ސަބަބުން އެކަކު އަނެކަކުށް ބަހުގެ ހަމަލާތައް ދެމުންދިޔައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ހިޔާލީ ކެބިނެޓެއް އިއުލާން ކުރެއްވިގެންދިޔައިރު އެމްޑީޕީގެ އެއްވެސް މެންބަރެއް ހިމަނާފައެއް ނުވެއެވެ. އެމްޑީޕީގެ އިތުރުން ޖޭޕީގެ ލީޑަރޝިޕްގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ކެބިނެޓް އިއުލާންކުރެއްވީ މަޝްވަރާ ނުކޮށް ކަމަށާއި، މަގާމު ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެ އެބޭފުޅުން "ފޫކަހާލި" މަންޒަރު ދިޔައީ ފެނިގެންނެވެ.

އެމްޑީޕީ އާއި ޖުމްހޫރީޕާޓީގެ ސިޔާސީ ހަރަކާތްތައް ވަކިވަކިން ފެށުމުން ރައީސް ޔާމިންގެ ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުންގެ ފާޑުކިޔުންތައް އެޕާޓީތަކަށް އަމާޒުވެގެންދިޔަ އެވެ. ކޯލިޝަން އޮތީ ރޫޅިފައި ކަމަށާއި، އެކު ނުވެވޭނެ ކަމަށް މިއަދާ ހަމައަށް އެބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ. ކޯލިޝަންއަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަދުނެއް ކަމަށާއި، އެއީ ފައިސާއާ އަމިއްލަ ފައިދާ އަށް އުޅޭ ބައެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

ކޯލިޝަންގެ ބޭފުޅުން އެއްބޭފުޅަކާއި އެނެއްބޭފުޅަކަށް ބަހުގެ ހަމަލާތައް ދިނުމުން ގިނަ ރައްޔިތުންގެ ހިތުގައި ވަނީ އުދާސްތަކާއި ކަންބޮޑުވުންތައް އުފެދިގެން ގޮސްފައެވެ. ކޯލިޝަނުން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ކުރި އުންމީދު ކުޑަވެގެން ދިޔައެވެ.

ނަމަވެސް މިއަދު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއިން މިވަނީ ރައްޔިތުންނަށް އުފާވެރިކަމާއި، އާއުންމީދުތަކެއް ގެނެސްދީފައެވެ. މިކޮންގްރެސްއިން ކޯލިޝަންގެ ވަރުގަދަކަމާއި އެއްބައިވަންތަކަން މިވަނީ ފެނިގެން ގޮސްފައެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަމަށް ބުނެ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބޮޑު ތަނުން ބަލި ކުރާނެ ކަމުގެ ޔަގީންކަން ކޯލިޝަނުން މިވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް