25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބޮލީވުޑް

ސަންޖޭދަތު އަންހެނުންގެ އަސަރުގަދަ މެސެޖެއް ސަންޖޭ އަށް!

  • " ސަންޖޫ" ރިލީޒް ކުރި ދުވަހު މަނާޔަތު ވަނީ އިންސްޓަގްރާމްގައި ފޮޓޯއެއް ޝެއަރ ކޮށްފައި
  • ކާމިޔާބު ލިބޭނީ ބުރަ މަސައްކަތުން ކަމަށް ބުނެފައިވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 30 ޖޫން 2018 | ހޮނިހިރު 13:58 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސަންޖޭ ދަތާއި އޭނާގެ އަންހެނުން -- ގޫގުލް

ސަންޖޭދަތުގެ އަންހެނުން މާނަޔަތާ ދަތުގެ އަސަރުގަދަ މެސެޖެއް ސަންޖޭ ދަތަށް ދީފިއެވެ.

ސަންޖޭދަތުގެ ދިރުއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ "ސަންޖޫ" ރިލީޒްކުރި ދުވަހު މަނާޔަތު ވަނީ އޭނާގެ އިންސްޓަގްރާމްގައި ފޮޓޯއެއް ޝެއަރކޮށްފައެވެ.

އެފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ރުކްޖާނަ ނެހީތުކަހީން ހާރްކޭ... ކާޓޯންޕޭ ޗަލްކޭ މިލޭންގެ ސާޔޭ ބަހާރުކޭ" (ކާމިޔާބު ލިބޭނީ ބުރަމަސައްކަތުން ކަމަށާއި ދިރިއުޅުމުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ދާށޭ) މި ލަވައެވެ.

މިލަވައަކީ 1974 އަހަރު ރިލީޒްކޮސްފައިވާ ފިލްމް "އިމްތިހާން" އަށް ކިޝޯރް ކުމާރު ކިޔައިދީފައިވާ ލަވައެކެވެ.

ކުރީގެ ފިލްމީ ތަރި މަނާޔަތު ޝެއާ ކޮށްފައިވާ ފޮޓޯގައި ފެންނަނީ ސަންޖޭ އޭނާގެ ދެދަރިން ކަމަށްވާ ޝާހުރާން އާއި އިގްރާއާ އެކު ހުއްޓައެވެ،

މަނާޔަތު ވަނީ ސަންޖޭ ދަތުގެ ދިރިއުޅުމަގއި ހޭދަކުރި އެންމެ ހިތްދަތި ދުވަސްތަކާއި އުފާވެރި ދުވަސްތަކުގައި އޭނާގެ ފިރިމީހާއާ އެކު ހޭދަކޮށްފައެވެ.

މުމްބާއިގައި1993   އަހަރު ހިނގި ބޮން ގޮއްވި ހާދިސާއަކާ ގުޅިގެންޕޫނޭގެ ޔެރްވާދާ ޖަލަށް ސަންޖޭ ލުމަށް ފަހު އޭނާ މިނިވަން ކުރި ދުވަހު ސަންޖޭ ބަލާ މަނާޔަތު ދިޔަ މަންޒަރު މުޅި ދުނިޔެއަށް ވަނީ ފެނިގެން ގޮސްފައެވެ. އަދި ސަންޖޭ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ވެސް މަނާޔަތާ ވަނީ އޭނާއަށް ހިތްވަރު ދީފައެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފެނިގެން ދާނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މިމަހުގެ 29 ވަނަ ދުވަހު ރިލީޒްކުރި މިފިލްމްގައި ސަންޖޭދަތުގެ ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރެވެ. މީގެ އިތުރުން މަނީޝާ ކޮއިރާލާ، ޕަރޭޝް ރާވަލް، ދިޔާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް، ޖިމް ސާރބް އަދި އަނުޝްކާ ޝަރުމާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް