20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އުރީދޫ

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

  • ޑިސެމްބަރު މަހު ފެށި މަސައްކަތް ހަލުވިކަމާއެކު ނިންމާލެވުމަކީ ރިކޯޑެއް
  • ޒަމާނީ މުއާސަލާތީ ހިދުމަތެއް ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންގެންދާނަން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 18 ޖެނުއަރީ 2017 | ބުދަ 00:43 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


އުރީދޫން 4ޖީ ޕްލަސް ނެޓްވޯކު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ގޫގުލް

"ޑިޖިޓަލް މޯލްޑިވްސް"އެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޅި ރާއްޖެއަށް އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް ފުޅާކޮށްފި އެވެ.

އުރީދޫއިން ބުނީ، ޑިސެމްބަރުން ފެށިގެންދިޔަ އުރީދޫގެ ނެޓްވޯކްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، ރާއްޖޭގެ ރައްޔިތުންނާއި، ވިޔަފާރިތަކަށް ބޭނުންވާ މުވާސަލާތީ ބޭނުންތަކަށް، އުރީދޫގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލްއިން ލިބިފައިވާ އިތުރު ކެޕޭސިޓީ މެދުވެރިކޮށް ހައްލެއް ގެނެސްދިނުމަށްޓަކައި ކަމަށެވެ.

ހޮޓަލް ޖެންގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، 4ޖީ ޕްލަސްގެ ހިދުމަތް ތައާރަފު ކުރުމަށް ނިންމީ، އުރީދޫ ގްރޫޕުގެ ސީއީއޯ ދާދިފަހުން ރާއްޖެއަށްކުރި ޒިޔާރާތުގައި އެދިލެއްވި ކަމެއް ހަގީގަތަށް ހެދުމަށް ކުރި ބުރަ މަސައްކަތުން ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުރީދޫގެ ހީވާގި މުވައްޒަފުންކަން އޭނާ ފާހަގަ ކުރި އެވެ.

"ރެކޯޑް މުއްދަތެއް ތެރޭގައި އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނިންމާލެވިގެންދިޔައީ، އެންމެ ފަހުގެ ވަޔަރލެސް ޓެކްނޮލޮޖީ މެދުވެރިކޮށް މުޅި ދިވެހިރާއްޖެ ގުޅުވާލަދިނުމަށްޓަކައި އުރީދޫ ޓީމުން ކުރި މިންނެތް މަސައްކަތުގެ ސަބަބުން. ޑިޖިޓަލް މޯލްޑިވްސްއަށް ސަރުކާރުން ދެއްވާ އަހައްމިޔަތާއި، އުރީދޫ ގްރޫޕްގެ އެހީތެރިކަމާއި، ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސް ޓީމުގެ ހުންނަ ޝައުގުވެރިކަމާއި އެކު، ހައި ސްޕީޑް ބްރޯޑްބޭންޑް މުޅި ރާއްޖެއަށް ގެނައުމުގެ މުޅިން އާ މަރުހަލާއަކާއި ކުރިމަތިލުމަށް އަޅުގަނޑުމެން މިދަނީ އުފަލާއި އެކު ތައްޔާރުވަމުން." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވިއެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ މި ހިދުމަތް ތައާރަފު ކުރަނީ 25 މިލިއަން ޑޮލަރުގެ ހަރަދު ކޮށްގެން ކަމަށާއި، މި ހިދުމަތުގެ ސަބަބުން އިންޓަނެޓުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި އުރީދޫގެ ނެޓްވޯކް އަށް ލިބިފައިވާ ކުރިއެރުމާއި އެކު، އޮންލައިން އެޑިއުކޭޝަން އަދި އީ-ހެލްތް ފަދަ ފައިދާހުރި ސްމާޓް ޚިދުމަތްތައް ބޭނުންކުރުމުގައި، ދިވެހިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ." އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން ބުނީ، ދުނިޔޭގައި، އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ ގެނައުމުގައި ދެވަނައެއް ނުވާ ރޯލެއް އިންޓަނެޓްއިން ކުޅެމުން ދާއިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން ވަނީ މުހިއްމު އިންވެސްޓްމެންޓްތަކެއް ކޮށްފައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް