20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެމެރިކާ-ޗައިނާ

އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

  • އެގޮތުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން އުތުރު ކޮރެއާ އިން ހުއްޓާލަން ދެން ފިޔަވަޅުތައް ދެމިއޮތުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި
އަހުމަދު އަނޫޝު | IamAhmedAnoosh

| 30 ޖޫން 2018 | ހޮނިހިރު 00:02 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ -- ވޯލް ސްޓްރީޓް ޖާނަލް

އުތުރު ކޮރެއާ އާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އެގައުމުން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލަން ދެން އެގޮތުގައި ދެމިއޮތުމުގެ މުހިންމު ކަމުގެ މައްޗަށް އެމެެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، ޗައިނާގެ ޚާރިޖީ ވަޒީރު ވެންގް ޔީ އަރިހު ވާހަކަފުޅު ދައްކަވައިފިއެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގް ޔީ، "ދެކޮރެއާ ސަރަހައްދުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުން ދުރުވުމާ ގުޅޭ ގޮތުން ދެގައުމުން ގެންގުޅޭ އެއްގޮތް ގުޅުމުގެ މައްޗަށް" ބުރާސްފަތި ދުވަހު ވާހަކަފުޅު ދެއްކެވި ކަމަށެވެ. 

އެމެރިކާގެ ޚަރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ޗައިނާ ގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އުތުރުު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން ދުރުވެއްޖެ ނަަމަ އުތުރު ކޮރެއާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް ޕޮމްޕެއޯ ޗައިނާގެ ޚާރިޖީ ވަޒީރު ގާތު ވިދާޅުވި ކަމަށެެވެ. އަދި އދ. ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވާހަކަފުޅުދެއްކެވި ކަމަށެވެ. 

ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބޭއްވެވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ އެގައުމުން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމާއި އަދި ބޭނުން ކުރުމުން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. 

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ބަލާ އެކަމާ މެދު މަޝްވަރާ ކުރުމަށް، މިއަންނަ ހަފްތާގައި އުތުުރު ކޮރެއާ އަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަޑައިގަންނަވާނެ ކަމުގެ ރިޕޯޓުތަކެއްވެސް ދަނީ ފެތުރެމުންނެވެ. އުތުރު ކޮރެއާ އަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވަޑައިގެންނެވުމާ ބެހޭ ރިޕޯޓުތައް ސްޓޭޓް ޑިޕާޓްމަންޓުން ޔަގީންކޮށްދީފައެއް ނުވެއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ރޮއިޓާސް އަށް އަށް ހާމަކޮށްފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަކާ ބެހޭ އެއްވެސް ޕްލޭނެއް ހާމަ ކުރެވެން ނެތް ކަމަށެެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް