| 18 ޖެނުއަރީ 2017 | ބުދަ 00:07 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ޕާސްޕޯޓު ނެތް އެމެރިކާގެ ރައްޔިތަކު ހޯމަ ދުވަހުގެ ރޭ 12:30 ހާއިރު ހައްޔަރުކޮށްފައިވާކަމަށެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ އެ މީހާގެ އަތުގައި ޕާސްޕޯޓެއްވެސް އަދި ވިސާއެއްވެސް ނެތެވެ. އަދި އޭނާގެ ޕާސްޕޯޓް ގެއްލިގެން 2014 ވަނަ އަހަރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް ފުލުހުންނަށްވެސް އޭނާގެ ޕާސްޕޯޓް ހޯދައިދެވިފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން އިމިޣްރޭޝަންގެ ބަހެއް ލިބޭގޮތްވެފައެއް ނުވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް