20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ނައިޖީރިޔާ

އަބާޗާ ނައިޖީރިއާ އިން ލޫޓުވި ފައިސާ ފަގީރުންނަށް ބަހަން ނިންމައިފި

  • އަބާޗާ ވަގައް ނެންގެވި ފައިސާގެ ތެރެއިން ބަހަން ނިންމާފައިވަނީ ތިންސަތޭކަ މިލިއަން ޑޮލަރު
ރާއްޖެ އެމްވީ | raajjemv

| 29 ޖޫން 2018 | ހުކުރު 21:14 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ނައިޖީރިއާގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ސަނީ އަބާޗާ -- ދަނިއުސްނައިޖީރިއާ.ކޮމް

ނައިޖީރިއާގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ޖެނެރަލް ސަނީ އަބާޗާ ގައުމުން ލޫޓުވި ފައިސާ އެ ނައިޖީރިއާގެ ފަގީރުންނަށް ބެހުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އަބާޗާ ވަގައް ނެންގެވި ފައިސާގެ ތެރެއިން ބަހަން ނިންމާފައިވަނީ ތިންސަތޭކަ މިލިއަން ޑޮލަރެވެ.

1990 ގެ އަހަރު ތަކުގެ ތެރޭގައި އަބާޗާގެ ބާރުގެ ދަށުގައި ގައުމު އޮތް އިރު ލޫޓުވި ފައިސާގެ ބައެއް ނައިޖީރިއާގެ ތިން ލައްކަ ގޭބިސީ އަކަށް ބެހުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ގޭބިސީއަކަށް މަހަކު ސާދަ ޑޮލަރު ލިބޭނެއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުން ފައިސާ ބަހާނަމަ މި ފައިސާ ބަހާ ނިމޭނީ ހަ އަހަރުގެ މުއްދަތެއްގައެވެ.

1993 ވަނަ އަހަރުން 1998 ށް ނައިޖީރިއާގެ ވެރިކަމުގައި އަބާޗާ ހުންނެވި އިރު ވަގައް ނެންގެވި އެތައް ބިލިއަން ޑޮލަރުގެ ތެރެއިން މި ހޯދުނު ފައިސާއަކީ ޖުމްލަ އަދަދުގެ ބައިކުޅަ ބައެއް ކަމަށް ވެއެވެ.

ނައިޖީރިއާގެ މިހާރުގެ ރައީސް މުހައްމަދު ބުޚާރީ ވެރިކަމަށް ވަޑައިގަތުމަށް 2015 ވަނަ އަހަރު ކުރެއްވި ކެމްޕޭންގައި އަބާޗާ ވަގައް ނެންގެވި ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް ވައުދުވެ ވަޑައިގަތެވެ.

އަބާޗާ ލޫޓުވި ފައިސާ ރައްކާކޮށްފައި ހުރި އެއްތަނަކީ ސްވިޒަލޭންޑެވެ. ސްވިޒަލޭންޑުން ވަނީ އޭގެ ތެރެއިން އެއް ބިލިއަން ޑޮލަރު ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ބައިބަޔަށް ނައިޖީރިއާ ސަރުކާރަށް ރައްދުކޮށްފައެވެ.

ސްވިޒަލޭންޑުން ފައިސާ ރައްދުކުރަމުން ދިޔައީ ހަރުކަށި ޝަރުތުތަކެއްގެ މަތިން އެތިއެތި ކޮޅުން ކަމަށްވެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި އެ ފައިސާ ފަގީރުންނަށް އެހީވުމަށް ބޭނުން ކުރުމާއި، އަދި ފައިސާ ބޭނުން ކުރަމުންދާ ގޮތް ވާލްޑް ބޭންކުން ބަލަމުން ގެންދިއުން ހިމެނެއެވެ.

މިހާރު އަނބުރާ ރައްދުކޮށްފައިވާ ފައިސާ ޒިންމާދާރު ކަމާއެކު ބޭނުން ކުރަމުން ދާކަން ސާބިތުކޮށް ނުދީފިނަމަ ބާކީ ހުރި ފައިސާ އަނބުރާ ދިނުމަކީ ދަތިކަމަކަށް ވާނެ ކަމަކަށްވާނެ ކަމަށް ސްވިޒަލޭންޑުން ވަނީ ބުނެފައެވެ. އެއީ ފައިސާ އަނެއްކާ ވަގައް ނެގުމުގެ ފުރުސަތު ނުދިނުމަށް ކަމަށްވެސް ސްވިޒަލެންޑުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް