10 ޑިސެންބަރު 2018 | ހޯމަ | 02 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

އެމެރިކާ-ދެކުނު ކޮރެއާ

ދެކުނު ކޮރެއާ ގައި ތިބި އެމެރިކާ ސިފައިން ތިބޭނެ ކަމަށް އެމެރިކާ އިން ބުނެފި

  • އެމެރިކާ އައި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގެ ފަހުން އެމެރިކާ އިން ވަނީ ދެކުނު ކޮރެއާ އާއެކު ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތައް ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 29 ޖޫން 2018 | ހުކުރު 20:08 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް -- އޭއެފްޕީ

އުތުރު ކޮރެއާ އާއި އެމެރިކާ އިން ކުރިއަށް ގެންދާ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައަސް ދެކުނު ކޮރެއާ ގައި ތިބި އެމެރިކާގެ ސިފައިން ތިބޭނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ވިދާޅުވެއްޖެއެވެ. 

ދެކުނު ކޮރެއާ އަށް ބުރާސްފަތި ދުވަހު ވަޑައިގެންނެވި ޖިމް މެޓިސް މިހެން ވިދާޅުވީ ދެކުނު ކޮރެއާގެ ޑިފެންސް ސެކްރެޓަރީ ސޮންގް ޔަންގް-މޫ އާ ބައްްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ޖިމް މެޓިސް ވިދާޅުވީ ދެކުނު ކޮރެއާ އަށް އެމެރިކާ އިން ދީފައިވާ ހުރިހާ ކޮމިޓްމަންޓްތަކަށް އެމެރިކާ އިން އިހުތިރާމު ކުރާނެ ކަމަށާއި އެގޮތުން "އެ ކޮމިޓްމަންޓްތައް ދެމެހެއްޓުމަށް ހުރިހާ ޑިޕްލޮމެޓިކް އަދި އަސްކަރީ ގާބިލު ކަމެއް" އެމެރިކާ އިން ބޭނުންކުރާނެ ކަމަށެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ގެންދަވަނީ ޗައިނާ، ދެކުނު ކޮރެއާ އަދި ޖަޕާނަށް ދަތުރުފުޅުއް ކުރައްވަމުންނެވެ.  

އެމެރިކާ އިން ދެކުނު ކޮރެއާ އާއި އެކު ބާއްވަމުންދާ އަސްކަރީ ތަމްރީންތައް ސަސްޕެންޑު ކޮށްފައިވާއިރު އެ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ސަސްޕެންޑު ކުރީ އެއީ އުތުރު ކޮރެއާ ހިތް ހަަމަ ނުޖެހޭ ކަމަކަށް ވާތީއެވެ. ދެކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަަށާއި އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން، ސިންގަޕޫރުގައި ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރީޚީ ބައްދަލުވުމެއް ބާއްވާފައެވެ.

އުތުރު ކޮރެއާ އިން ވަނީ މި ބައްދަލުވުމުގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ވައުދުވެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާ އާއި އެކު ބާއްވަމުންދާ އަސްކަރީ ތަމްރީންތައް އެމެެރިކާ އިން ސަސްޕެންޑު ކޮށްފައި ވަނީ ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ގެ ބައްދަލުވުމަށް ފަހުގައެވެ. ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމަށް ފަހު އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ދެކުނު ކޮރެއާގައި ތިބި 28،000 ސިފައިން އަނބުރާ ގައުމަށް ގެނައުމުގެ ޝައުގު އެބަހުރި ކަމަށެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް