19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޖަޕާން - އެމެރިކާ

އުތުރު ކޮރެއާ އާއި އެމެރިކާގެ މަޝްވަރާތަކުން ޖަޕާނަށް ގެއްލުމެއް ނުފޯރާނެ ކަމަށް އެމެރިކާ އިން ބުނެފި

  • އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ޖަޕާނުން ދެކޭގޮތުގައި ޖަޕާނަށް ހުރި ބިރެއް
އަހުމަދު އަނޫޝު | IamAhmedAnoosh

| 29 ޖޫން 2018 | ހުކުރު 18:26 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ޖަޕާނުގެ ޑިފެންސް މިނިސްޓަރު އިޓްސުނޯރީ އޮނެޑެރާ (ކ) އާއި އެކު މެޓިސް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- އޭއެފްޕީ

އެމެރިކާ އާއި އުތުރު ކޮރެއާގެ މަޝްވަރާތަކުގެ ސަބަަބުން އެމެރިކާ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެމެރިކާ އާއި ޖަޕާނުގެ ގުޅުން އޮތީ "ސާބިތުކަންމަތީގައި" ކަމަށް ޖަޕާނަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. 

އެމެރިކާ އިން ދެކުނު ކޮރެއާ އާއި އެކު ބާއްވަމުންދާ އަސްކަރީ ތަމްރީންތައް ސަސްޕެންޑު ކޮށްފައިވާއިރު އެ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ސަސްޕެންޑު ކުރީ އެއީ އުތުރު ކޮރެއާ ހިތް ހަަމަ ނުޖެހޭ ކަމަކަށް ވާތީއެވެ. ދެކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަަށާއި އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން، ސިންގަޕޫރުގައި ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރީޚީ ބައްދަލުވުމެއް ބާއްވާފައެވެ. އުތުރު ކޮރެއާ އިން ވަނީ މި ބައްދަލުވުމުގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ވައުދުވެފައެވެ. އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމާއި އަދި މިސައިލްތައް ޓެސްޓް ކުރުމަކީ ޖަޕާނަށް ހުރި ބިރެއް ކަމަށް ޖަޕާނުން ދެކެއެވެ. އަދި އެމެރިކާ އާއި ދެކުނު ކޮރެއާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކަކީ އުތުރު ކޮރެއާގެ އަމަލުތަކާ ދެކޮޅަށް ކުރެވޭ އަދި ޖަޕާނަށް އުތުރު ކޮރެއާ އިން ބިރެއް އަތުވެދާނެ ފަދަ ކަމަކާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށް ޖަޕާނުން ދެކެއެވެ. 

ޖަޕާނުގެ ޑިފެންސް މިިނިސްޓަރާ ބައްދަލު ކުރައްވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވީ މިހާތަނަށް އުތުރު ކޮރެއާ އާއި ނުކުރާފަދަ މަޝްވަރާތަކެއް އެމެރިކާ އިން ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ޖަޕާނާއި އެމެރިކާގެ އިއްތިހާދަށް ކުޑަވެސް ލޮޅުމެއް ނާންނާނެކަމަށެވެ. 

މެޓިސް ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރާވެސް ބައްދަލު ކުރައްވާފައެވެ. މެޓިސް އާ ޖަޕާނުގެ ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ވިދާޅުވީ އެމެރިކާ އާއި ޖަޕާނުގެ އިއްތިހާދު "ވަރަށް ވަރުގަދަ އަށް" އޮންނަން ޖެހޭ ކަމަށެވެ. 

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތައް ޖަޕާނުގެ ވައިގެ ސަރައްދު ހުރަސް ކުރާތީ އާއި އަދި ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވެއްޓޭތީ ޖަޕާނު ވަނީ ވަރަށް ހިތްހަމަނުޖެހުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ފާޅުކޮށްފައެވެ. 

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖަޕާނަށް ވަޑައިގަތުމުގެ ކުރިން ވަނީ ޗައިނާ އަދި ދެކުނު ކޮރެއާ އަށް ވެސް ވަޑައިގެންފައެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް