
| 17 ޖެނުއަރީ 2017 | އަންގާރަ 23:35 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އޭޕްރީލް 8 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރި ނުވީ ސަރުކާރާއި އިލެކްޝަންސް ކަމިޝަނާއި ދިވެހި ދައުލަތް ހިންގުމަށް ހަވާލުކޮށްފައިތިބި އެހެން ބައެއްފަރާތްތައް ގުޅިގެން، ޤާނޫނީ ނިޒާމުގެ ބޭރުން ހިންގާ ބޮޑު ޖަރީމާއެއްގައި ބައިވެރިވެ އެފަދަކަންކަމަށް ޤާނޫނީ ހައިޞިއްޔަތު ހޯދައިދިނުމުގައި ޢަދާލަތު ޕާޓީގެ ދައުރެއް ނުބޭއްވުމަށް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަނުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމާ ގުޅޭގޮތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ އިންތިޚާބީ ޙައްގުތައް ނިގުޅާގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭރުން 2017 ވަނައަހަރު ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން އިޢުލާންކޮށްފައިވާ ލޯކަލްކައުންސިލްތަކުގެ އިންތަޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ވާދަނުކުރުމަށް ނިންމީ، ސަރުކާރާއި އިލެކްޝަންސް ކަމިޝަނާއި ދިވެހި ދަޢުލަތް ހިންގުމަށް ހަވާލުކޮށްފައިތިބި އެހެން ބައެއްފަރާތްތައް ގުޅިގެން، ޤާނޫނީ ނިޒާމުގެ ބޭރުން ހިންގާ ބޮޑު ޖަރީމާއެއްގައި ބައިވެރިވެ އެފަދަކަންކަމަށް ޤާނޫނީ ހައިޞިއްޔަތު ހޯދައިދިނުމުގައި ޢަދާލަތު ޕާޓީގެ ދައުރެއް ނުބޭއްވުމަށް ކަމަށެވެ.
އަދި ޤާނޫނީ ހަމަތަކުގެމަތިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ 2017 ވަނައަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިގުޅާގަނެ، އެކަމާމެދު ޢަމަލުކޮށްފައިވާގޮތާއި ނިންމާފައިވާ ނިންމުންތަކުގައި ހުރީ އިންތިޚާބުތަކާގުޅިގެން އާންމުގޮތެއްގައި ފެންމަތިވާފަދަ އާދައިގެ ކުދިކުދި މައްސަލަތަކެއްނޫން ކަމަށާއި އެކަމުގެ ތެރޭގައި ހާމަޔަށް ފެންނަންހުރީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމާއި، ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު މުޅިން ހަލާކުކޮށް ރައްޔިތުންގެ ވެރިކަމާއި ޤާނޫނުގެ ބާރު ނެތިކޮށްލާން ހިންގާފައިވާ ބޭއިންސާފު އަނިޔާވެރި ޖިނާއީ ކުށްތަކެއް ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.
އެހެންކަމުން މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ދިވެހި ޤައުމުގެ ސިޔާދަތު ދެމިއޮތުން ބިނާވެގެންވަނީ ރައްޔިތުންގެ ވެރިކަމާއި ޤާނޫނުގެ ބާރު ދިވެހިރާއްޖޭގައި ހިންގާ މިންވަރެއްގެ މައްޗަށް ކަމުގައި ވީހިނދު، މިކަންކަމަށް ލޮޅުމެއް އަތުވެދާނެ ކޮންމެކަމަކާ ދެކޮޅުހަދާ އެކަންކަން ހުއްޓުވާ ދިވެހި ރައްޔިތުންގެ މަސްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައި ކުރާމަސައްކަތުގައި ޢަދާލަތު ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
އަދާލަތުން ބުނީ ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރާބުކޮށްފައިވާހިނދު، ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަކީ ގައުމުގެ މުސްތަގުބަލް އެ އިންތިޚާބާ ހުރިހާގޮތަކުން ގުޅިލާމެހިފައިވާ އިންތިޚާބަކަށްވާތީ، ކުރިޔަށްހުރި އިންތިޚާބުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އިންތިޚާބުގެ ނަމުގައި މިވަގުތު ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ކަންކަން ހުއްޓުވާ އެކަންކަމަށް ފާޅުގައި ދެކޮޅުހަދާ ނޫނެކޭބުނެ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުން ބާރުލިބިގެން، ދިވެހިރާއްޖެ ގުޅިފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އެކުވެރި ދަޢުލަތްތަކުގެ ސަމާލުކަމަށް މިކަންކަންގެނެސް، ސަރުކާރާއި ދަޢުލަތުގެ އެހެން ފަރާތްތަކުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވާ، އިންތިޚާބީ ކަންކަން އަލުން ޤޫނޫނުގެ ތަރަހައިގެ ތެރެއަށްގެނެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ ހުރިހާ ފަރާތްތަކަށްވެސް ވާދަކުރެވޭ ދެފުށްފެންނަ އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުމަށް އެންމެ މުހިންމު ދަނޑިވަޅަކީ މިވަގުތު ކަމުގައިވެސް ދެކޭ ކަމަށެވެ.
އެހެންކަމުން ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ނަމުގައި ހިންގަމުދާ ޤާނޫނާ ޚިލާފު ކަންކަމަށް ނޫނެކޭބުނެ އެކަންކަމަށް ޤާނޫނީ ހައިޞިއްޔަތު ދިނުމަށް އިންކާރުކުރުމަކީ ޢަދާލަތު ޕާޓީން ނިންމި އުނދަގޫ އެހެންނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް