22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޕީޕީއެމް އެތެރޭގެ ކޯޅުން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

  • ޕްރައިމަރީ ބާއްވަނީ އަސާސީ ގަވައިދާ ހިލާފަށް
  • ޕްރައިމަރީ ބޭއްވޭނީ އިންތިހާބީ ކޮމެޓީއަށް އެކަނި
  • ބަޔަކު ޕްރައިމެރީ ބާއްވަން އުޅެނީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 17 ޖެނުއަރީ 2017 | އަންގާރަ 22:40 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޕީޕީއެމްގެ ޕްރިމަރީތައް ބޭއްވޭނީ ހަމައެކަނި އެ ޕާޓީގެ އިންތިހާބީ ކޮމެޓީއަށް ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީ ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިއުލާންކޮށްފައިވަނީ، އެ ޕާޓިގެ އަސާސީ ގަވައިދާއި ހިލާފަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ އޮފީހުން އެމަނިކުފާނު އާންމު ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، ޕީޕީއެމް ނަމުގައި ލޯކަލް ކައުންސިލުން އިންތިޚާބަށް ކުރިމަތިލާން ފުރުސަތުހުޅުވައި، އަދި ޕްރައިމަރީގެ އިންތިޚާބު މިމަހު 27 ގައި ބޭއްވުމަށް ނިންމަވާފައިވާކަން މީޑިއާއިން މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެ ނިންމެވުން ތަކަކީ ޕާޓީގެ އިންތިޚާބު ކޮމިޓީގެ އެއްވެސް މަޝްވަރާއަކާނުލާ ނިންމަވާފައިވާ ނިންމުންތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މައުމޫނު ވަނީ، އެ ޕާޓީގެ އަސާސީ ޤަވައިދުގެ 72 ވަނަ މާއްދާގެ (ހ) ފާހަގަކޮށްފަ އެވެ. އެ މާއްދާގައި ބުނެފައިވަނީ، ޕާޓީގެ އެތެރޭގައި ބާއްވާ އެންމެހާ އިންތިޚާބުތަށް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިޚާބު ކޮމިޓީ އިން ކަމަށެވެ. އަދި ޕާޓީ ގެ ޤައުމީ އިންތިޚާބުތަކުގައި ޕީޕީއެމް ތަމްޞީލުކުރުމާބެހޭ ޤަވާއިދު ގެ 3 ވަނަ މާއްދާ ގެ (ހ) ގައި، ޤައުމީ އިންތިޚާބުތަކުގައި ވާދަކުރާނެ ޕީޕީއެމް ގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިޚާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމްގެ އިންތިޚާބު ކޮމިޓީގެ ރައީސް ކަމަށް ބުނެފައިވާކަން ރައީސް މައުމޫނުގެ ފެކްޝަނުން ނެރުނު އެމަނިކުފާނު ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންތިޚާބީ އެންމެހާ ކަންކަން ވިލަރެސްކުރާނެ މައި މުއައްސަސާއަކީ ޕާޓީގެ އިންތިޚާބު ކޮމިޓީކަމަށް އަސާސީ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. އަދި ޕާޓީގެ އިންތިޚާބު ކޮމިޓީ އަކީ ޕާޓިގެ އެންމެ ފަހުން ބޭއްވި ޤައުމީ ޖަލްސާއިން އިންތިޚާބު ކޮށްފައިވާ ކޮމިޓީއެއް ކަމަށާއި، އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އަސާސީ ޤަވައިދާއި އެއްގޮތަށް ކުރިޔަށް ގެންދާނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ރައީސް މައުމޫނުގެ ފެކްޝަނުން އެ މަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނު ވިދާޅުވީ، ޕްރައިމަރީއެއް ކުރިއަށް ގެންދެވޭނީ ހަމަ އެކަނި ޕީޕީއެމް ގެ އިންތިޚާބު ކޮމިޓީއަށް ކަމަށެވެ. އެހެންބަޔަކު ޕާޓީގެ ނަމުގައި ޕްރައިމެރީއެއް ބާއްވާފިނަމަ އެކަން ވާނީ ޕާޓީގެ އިންތިޚާބު ތަކާބެހޭ ޤަވައިދާ ޚިލާފު ކަމެއް ކަމަށް ބަޔާނުގައި ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ. އަދި ޕާޓީގެ މެންބަރުން ވާދަކުރަން ވާނީ ޕާޓީގެ އިންތިޚާބު ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ޕާޓީގެ އިންތިޚާބު ގައި ކަމަށާއި، ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް އެކަން އެގޮތަށް އެކުރަނީ ވަކި ބަޔަކަށް މަންފާ ތަކެއް ހޯދައި ދިނުމަށް ކަމަށް ދެކެމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޕާޓީގެ ހިންގާ ޤަވައިދާއި އަސާސީ ޤަވައިދާ ހިލާފަށް ބާއްވާ އިންތިޚާބު ތަކަކީ ސައްޙަ އިންތިޚާބެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ގައި ޕާޓީ ނަމުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މިކަމަށް ސަމާލުވުމަށާއި، ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފަށް ޢަމަލު ކުރަށްވާ ފަރާތް ތަކުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ވެއެވެ.

 

 

ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާނެކަން އިއުލާންކޮށްފަ އެވެ.

ޕީޕީއެމްގެ އާ އޮފީސް، ހ. ހުރަފާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް އާދިއްތަ ދުވަހު ވިދާޅުވީ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން 64 ދާއިރާގެ ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށެވެ. މާލެ އާއި އަތޮޅުތަކުގައި ޕްރައިމަރީ އޮންނައިރު، ތައްޔާރީތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް