16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބީއެމްއެލް

ބީއެމްއެލްއިން ރިސޯޓްތަކަށް ލިބެންހުރި ބޭންކިން ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ދީފި

  • އެކި ރިސޯޓްތަކުގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 29 ޖޫން 2018 | ހުކުރު 13:35 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ބީއެމްއެލް އިން ރިސޯޓްތަކަށް ހާއްސަކޮށްގެން ދޭ ޚިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދެނީ -- ބީއެމްއެލް

ބޭންކިން ޚިދުމަތްތަކާ ގުޅޭ ގޮތުން ރިސޯޓްތަކަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ހަފްލާ ކުރުނބާ މޯލްޑިވްސްގައި ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ ބުރާސްފަތި ދުވަހު ބޭއްވި މި ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މްނޭޖްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބްރާންޗް ޚިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިންގްގެ ޚިދުމަތްތައް ހިމެނިގެން ރިސޯޓްތަކަށް އެބޭންކުން ފޯރުކޮށްދެމުންދާ ބޭންކިން ޚިދުމަތްތައް މި ހަފްލާގައި ވަނީ ދައްކުވައިދީފައެވެ.

މީގެ އިތުރުން މުޅިން އައު ޚިދުމަތެއް ކަމަށްވާ އޮންލައިން އިންޓްނޭޝަނަލް މަނީ ޓްރާންސްފާރގެ ޚިދުމަތް ވެސް ވަނީ ތައާރަފްކޮށްފައެވެ. މި ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއި ކަމެއް ގެނެސްދޭނެ ޚިދުމަތެކެވެ.

މޯބައިލް ފޯން މެދުވެރިކޮށް ލިބޭ މި އިޖާދީ ޚިދުމަތް ރަސްމީކޮށް ތައާރަފް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާ ތެރޭގައެވެ.

ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާ އާއި މި ވޭތިވެދިޔަ މުއްދަތުގައި ބޭއްވި ގާތް ގުޅުމާއި އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް މި ހަފްލާގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސޯޓް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕްރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއިފަސޭހަކަން ލިބޭ ޚިދުމަތްތައް ފޯރިކޮށްދިނުމުގައި ވެސް ޚާއްސަވެގެންވާ ބޭންކަކީ ބީއެމްއެލް ކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލްގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ މުޅި ރާއްޖޭގައި ގާއިމްކޮށްފއިވާ ފުޅާ ބްރާންޗް ނެޓްވޯކް، އެޖެންޓުން އަދި އޭޓީއެމް މެދުވެރިކޮށް އެބޭންކުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ކޮންމެ ރިސޯޓެއްގެ ބޭންކިން ޚިދުމަތްތަކާ ގުޅޭ ގޮތުން މުއާމަލާތް ކުރުމަށްޓަކައި ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައެޅިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ހަފްލަގައި ގިނަ ބޭފުޅުންނާއި ބައްދަލުވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ބޭންކުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށާއި މި މުއްދަތުގައި އެބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާކުރެއްވުމުގެ އިތުރުން ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށް ވެސް ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި ކަމަށް ހީލީ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއި އެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފް ސާރވިސް ބޭންކިން ސެންޓަރ ،95 އޭޓީއެމް ، 5000 ޕީއޯއެސް މާޗެންޓުން ، 277 ކޭޝް އެޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތްތަކާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖްތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް