20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ބެލްޖިއަމްއަށް ގްރޫޕްގެ އެއްވަނަ، 40 އަހަރަށްފަހު ޓިއުނީޝިއާއަށް މޮޅެއް

  • މި ގްރޫޕްގެ އެއްވަނަ ބެލްޖިއަމްއިން ކަށަވަރުކުރީ 1-0 ގެ ނަތީޖާއަކުން އިނގިރޭސިވިލާތް ބަލިކުރުމަށްފަހު
  • ޓިއުނީޝިއާއިން ވަނީ ފަހަތުން އަރައި 2-1 އިން ޕެނަމާ ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 ޖޫން 2018 | ހުކުރު 03:41 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


ބެލްޖިއަމް ދެވަނަ ބުރަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ޖީގެ އެއްވަނަ ބެލްޖިއަމްއިން ކަށަވަރުކުރިއިރު 40 އަހަރަށްފަހު ވާރލްޑް ކަޕްގެ މެޗަކުން ޓިއުނީޝިއާ މޮޅުވެއްޖެއެވެ.

މި ގްރޫޕްގެ އެއްވަނަ ބެލްޖިއަމްއިން ކަށަވަރުކުރީ 1-0 ގެ ނަތީޖާއަކުން އިނގިރޭސިވިލާތް ބަލިކުރުމަށްފަހުއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ ބެލްޖިއަމުންނެވެ. ޔޫރީ ޓީލެމެންސް ފޮނުވާލި ބާރު ހަމަލާ އިނގިރޭސި ކީޕަރު ދިފާއުކުރިއެވެ. އޭގެފަހުން ދެ ޓީމުންކުރެ ޓީމަކަށް މާ އެދެވޭ ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ބެލްޖިއަމްއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަދްނާން ޖަނުޒައިއެވެ. އޭގެފަހުން އިނގިރޭސިވިލާތް ކުރިޔަށް ޖެހިގެން ކުޅުނުއިރު ބެލްޖިއަމްގެ ހަލުވި ކުޅުންތެރިން ވަނީ ކައުންޓާއި އިނގިރޭސި ގޯލަށް ނުރައްކާކޮށްފައެވެ. އެހެން ނަމަވެސް ނަތީޖާއަށް އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ޓިއުނީޝިއާއިން ވަނީ ފަހަތުން އަރައި 2-1 އިން ޕެނަމާ ބަލިކޮށް 40 އަހަރަށްފަހު ވާރލްޑް ކަޕްގެ މެޗަކުން މޮޅުވެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މުބާރާތުން ދެ ޓީމު ކަޓާފައި އޮތް ނަމަވެސް ދެ ޓީމުން ވެސް ކުޅެފައިވަނީ މެޗުން މޮޅުވާށެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕެނަމާއިންނެވެ. މި ލަނޑަކީ ޓިއުނީޝިއާގެ ޔާސީން މެރައިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޓިއުނީޝިއާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެޓީމުގެ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޖަހައިދިނީ ފަޚްރުއްދީން ބިން ޔޫސުފްއެވެ. މި ލަނޑަކީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ޖެހި 2500 ވަނަ ލަނޑެވެ. މި ލަނޑަށްފަހު ވެސް ޓިއުނީޝިއާއިން އެޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ވަހްބީ ކަޒްރީއެވެ.

މި މެޗުތަކާއެކު މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ހޯދީ ބެލްޖިއަމްއެވެ. ދެވަނަ ހަ ޕޮއިންޓާއެކު އިނގިރޭސިވިލާތް ހޯދިއިރު ތިންވަނަ ތިން ޕޮއިންޓާއެކު ހޯދީ ޓިއުނީޝިއާއެވެ. ގްރޫޕްގެ ފުލަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި ދިޔައީ ވާރލްޑް ކަޕްގައި އަލަށް ވާދަކުރި ޕެނަމާއެވެ.

ދެވަނަ ބުރުގައި ޖަޕާނާއި ދެކޮޅަށް ބެލްޖިއަމް ނުކުންނައިރު އިނގިރޭސިވިލާތް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Adam

3 މަސް ކުރިން

Ingreysi vilaaiy belgium aa dhekolhah

0
0