19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

އިގްތިސޯދު

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

 • އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތުގެ އަގު 426.2 ބިލިއަން ޑޮލަރަށް އަރާ
 • އެންމެ ބޮޑު 10 ކުންފުނީގެ އާމްދަނީ 180 ގައުމުގެ އާމްދަނީއާ އެއްވަރު
 • އެންމެ މުންސަނދި މީހާގެ އެއް ދުވަހުގެ އާމްދަނީއާ ފަގީރު މީހާގެ 10 އަހަރުގެ އާމްދަނީއާ ނުބައްދަލު
އަލީ ޔޫސުފް | AliYooosuf

| 17 ޖެނުއަރީ 2017 | އަންގާރަ 21:09 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
 8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ދުނިޔޭގެ އެންމެ މުއްސަނދި 8 މީހުން -- ފޭސްބުކް

ދުނިޔޭގެ ފަގީރުކަން ނައްތާލުމުގެ ނަމުގައި އެކި ސަރުކާރުތަކުން އެކި މަޝްރޫޢޫތައް ހިންގި ނަމަވެސް ހަގީގަތަކީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭގެ އަސްލަކީ ދައުލަތްތަކުގެ ސިޔާސަތުތައް އެގޮތަށް ބައްޓަންވެފައި ހުރުމެވެ. ލިބޭ އާމްދަނީ ބެހިގެންދާނެ ހަރުދަނާ ނިޒާމުތައް ގާއިމުކުރި ނަމަވެސް ކޮރަޕްޝަނާ ހިޔާނާތުގެ ތެރެއިން ފައިދާ ލިބެނީ ވަކި ބަޔަކށެވެ. ނަތީޖާއަކަށް ވަނީ މުއްސަނދިން ހައްތަހާ މުއްސަނދިވުމެވެ. ފަގީރުން ހައްތަހާ ފަގީރުވުމެވެ.

 

ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އޮކްސްފާމް އިން ދާދި ފަހުން އާންމު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ދުނިޔޭގެ އާބާދީގެ ދެ ބައިކުޅަ އެއްބައި މީހުންގެ މިލްކިއްޔާތާ އެއްވަރުގެ މިލްކިއްޔާތެއް އަށް މަހްޖަނަކަށް ލިބިގެންވާ ކަމަށެވެ. މި ލިސްޓްގައި ގިނައީ އެމެރިކާ އަށް ނިސްބަތްވާ މަހުޖަނުންނެވެ.

 

ދުނިޔޭގެ އެންމެ މުއްސަނދި އަށް މަހްޖަނުންގެ މިލްކިއްޔާތުގެ އަގު 3.5 ބިލިއަން މީހުންގެ މިލްކިއްޔާތަށް އެއްވަރު ކަމަށް އޮކްސްފާމުން ބުނެއެވެ. އެ އަށް މަހްޖަނުންގެ ތެރޭގައި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އާއި އިންވެސްޓަރު ވަރެން ބަފެޓް އަދި ސޯޝަލް މީޑިއާގެ ރަސްގެފާނު މާކް ޒުކާބާގް ހިމެނެއެވެ.

 

އޮކްސްފާމުން ބުނީ މިއީ މުޖުތަމައު ބައިބައިވުމުގެ އަސްކު ކަމަށާއި ފަގީރުންނާއި މުއްސަނދިންގެ ފަރަގު ބޮޑުވެ ސަރުކާރުތަކަށް މީހުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

 

ސްވިޒަލޭންޑްގެ ޑާވޮސްގައި މި ހަފުތާގައި ބާއްވާ މުއްސަނދިންގެ ފޯރަމް ނުވަތަ ވޯލްޑް އިކޮނޮމިކް ފޯރަމްއާ ދިމާކޮށް އޮކްސްފާމުން ނެރުނު ރިޕޯޓްގައި ދެން ހިމެނެނީ އެމޭޒަންގެ ވެރިޔާ ޖެފް ބެކޯޒް، އާއި ސްޕެއިންގެ މަޝްހޫރު އަންނައުނު ބްރޭންޑެއް ކަމަށްވާ ޒާރާގެ ފައުންޑަރ، އަމާނިކޯ އޯޓެގާ، މެކްސިކޯގެ ޓެލެކޮމް ޓައިކޫން ކާލޮސް ސްލިމް ހެލޫ، ޓެކް ކޯޕަރޭޝަނެއް ކަމަށްވާ އޮރަކަލްސްގެ ފައުންޑަރ ލެރީ އެލިސަން އަދި ނިއު ޔޯކްގެ ކުރީގެ މޭޔަރު އަދި ބްލޫމްބާގް ނިއުސްގެ ވެރިޔާ މައިކަލް ބްލޫމްބާގްއެވެ.

 

އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތުގެ އަގު 426.2 ބިލިއަން ޑޮލަރަށް އަރައެވެ.

 

އޮކްސްފާމުން ބުނީ ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުންނަށް އަދިވެސް ދުވާލެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 1.90 ޑޮލަރު ނުލިބެއެވެ. އަދި ކޮންމެ ނުވަ މީހަކުން އެކަކު ރޭގަނޑު ނިދަނީ ބަނޑުހައި ހޫނުކަމުގައި ކަމަށް އެ ޖަމާއަތުން ބުނެއެވެ. އަދި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އަދިވެސް ދިރިއުޅެމުން ދަނީ އެންމެ ފަގީރު ހާލަތުގައި ކަމަށް އެ ޖަމާއަތުން ފާހަގަކުރެއެވެ.

 

އޮކްސްފާމުން ބުނީ ބައެއް ގައުމުތަކުގައި އެންމެ މުންސަނދި މީހާގެ އެއް ދުވަހުގެ އާމްދަނީއާ ފަގީރު މީހާގެ 10 އަހަރުގެ އާމްދަނީއާ ނުބައްދަލު ކަމަށެވެ. އެ ގޮތުން ވިއެޓްނާމްގެ އެންމެ މުއްސަނދި މީހާގެ އެއް ދުވަހުގެ މުސާރަ ފާގީރެއްގެ 10 އަހަރުގެ މުސާރައާ އެއްވަރެވެ.

 

މީގެ އިތުރުން ފަގީރުކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށް ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ ގޮތުން 1988-2011 އާ ހަމައަށް ފަގީރުންގެ އާމްދަނީ އަށް އެވްރެޖްކޮށް އަހަރަކު އިތުރުވެފައި ވަނީ ތިން ޑޮލަރެވެ. ނަމަވެސް މުއްސަނދިންގެ އާމްދަނީ އަށް އަހަރަކު 11،800 ޑޮލަރު އިތުރުވެފައިވެއެވެ. އެމެރިކާ އަށް އެކަނި ބަލާއިރު އެންމެ ދަށް ފަންތީގެ އާބާދީގެ 50 ޕަސެންޓްގެ މީހުންގެ އާމްދަނީ އަށް ފާއިތުވި 30 އަހަރުގެ ތެރޭގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މަތީ ފަންތީގެ އާބާދީގެ އާމްދަނީ 300 ޕަސެންޓް އިތުރުވެފައި ވެއެވެ.

 

މި ރިޕޯޓްގައިވާ ގޮތުން އެންމެ ބޮޑު 10 ކުންފުނީގެ އާމްދަނީ 180 ގައުމުގެ އާމްދަނީއާ އެއްވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް