16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އުތުރު ކޮރެއާ - އެމެރިކާ

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ

  • ޕޮމްޕެއޯ އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ބަލަން
އަހުމަދު އަނޫޝު | IamAhmedAnoosh

| 28 ޖޫން 2018 | ބުރާސްފަތި 20:03 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ -- ވޯލް ސްޓްރީޓް ޖާނަލް

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ބަލާ އެކަމާ މެދު މަޝްވަރާ ކުރުމަށް، މިއަންނަ ހަފްތާގައި އުތުުރު ކޮރެއާ އަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ފައިނޭންޝަލް ޓައިމްސް ގައި އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ވާހަކަ ރިޕޯޓުކޮށްފައި ވަނީ އެމަނިކުފާނުގެ ދަަތުރުފުޅާ ބެހޭ މައޫލޫމާތު އެނގިވަޑައިގަންނަވާ ހަތަރު ފަރާތަކާ ހަވާލާދީއެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ވަނީ އިންޑިއާގެ ޚަރިޖީ ވަޒީރާ އެކު ޖުލައި 6 ގައި އެމެެރިކާގެ ވޮޝިންޓަން ގައި ޝެޑިއުލް ކުރެވިފައިވާ ބައްދަލުވުން، އުތުރު ކޮރެއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ކެންސަލް ކުރައްވާފައެވެ. 

އުތުރު ކޮރެއާ އަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވަޑައިގެންނެވުމާ ބެހޭ ރިޕޯޓުތައް ސްޓޭޓް ޑިޕާޓްމަންޓުން ކޮންފާމް ކޮށްދީފައެއް ނުވެއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ރޮއިޓާސް އަށް އަށް ހާމަކޮށްފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަކާ ބެހޭ އެއްވެސް ޕްލޭނެއް ހާމަ ކުރަން ނެތް ކަމަށެެވެ.

ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބޭއްވެވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު ގެންގުޅުމާއި އަދި ބޭނުން ކުރުމުން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. 

ޖޫން 28 ވީ ބުރާސްފަތި ދުވަހު އިވިގެން ދިޔަ ވާހަކައަކީ އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ވާހަކައެވެ. މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުން ދަނީ އުތުރު ކޮރެއާގެ ލީޑަރު ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ބޭއްވުނު ބައްދަލުވުމުގައި، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، މިއީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެކަމެއް ނޫން ކަމަށެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަން ހާމަކޮށްފައި ވަނީ "38 ނޯތް" ނަމަކަށް ކިޔާ ބައެކެވެ. "38 ނޯތް" އަކީ އުތުރު ކޮރެއާގެ ކަންކަން ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ އައުޓްލެޓެކެވެ. އެގޮތުން "38 ނޯތް" ގެ ތިން ރިސާޗަރުން ފަހުގެ ރިޕޯޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ "ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ" ގައި މަސައްކަތްތަކެއް ވަރަށް "ހަލުވި ދުވެއްޔެއްގައި ކުރެވެމުންދާ ކަމަށް" ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށެވެ. ޖޫން 21 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ފެނުންތަކާއި އަދި އުތުރު ކޮރެއާގެ ރިޕޯޓާ ބެހޭގޮތުން "38 ނޯތް" ގެ މެނޭޖިން އެޑިޓަރު ޖެނީޓައުން ޓްވިޓާ ގައި ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލާގައި ބޭނުން ވަނީ ހަރުދަނާ އަދި ބުރަދަން ހުރި ޑީލެއް ކަމަށާއި "ކުރަން ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ބަޔާނެއް ނޫން ކަމަށެވެ."

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް