19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އުރީދޫ

އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ކޯސް ފީ ދެއްކޭނެ ގޮތް ހަމަޖައްސަފި

  • މިހިދުމަތުގެ ސަބަބުން ފީ ދެއްކުމަށް ކިޔުއެއްގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި، އަގުހުރި އެތައް ވަގުތުތަކެއް ސަލާމަތް ކުރެވޭނެ
އަމްނާ އިމާދު | @amnabinthimad

| 28 ޖޫން 2018 | ބުރާސްފަތި 18:09 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އެމްފައިސާ މެދުވެރިކޮށް ގިނަ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް މިހާރު ވަނީ ހަމަޖައްސާފައި -- ޓްވިޓަރ

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޓިއުޝަން ފީ ދެއްކޭނެ ގޮތް ހަމަޖައްސަފި އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. މިއެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސިލަރު މުއާވިޔަތު މުހައްމަދެވެ. އަދި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާން އެވެ.

މިއެއްބަސްވުމާއި ބެހޭ ގޮތުން އުރީދޫ އިން ބުނީ އެމްއެންޔޫގެ ދަރިވަރުން އެމްފައިސާއަށް ރެޖިސްޓާ ކުރުމުން ވަރަށް ފަސޭހައިން ޓިއުޝަން ފީ ދެއްކޭނެ ކަމަށެވެ. މިހިދުމަތުގެ ސަބަބުން ފީ ދެއްކުމަށް ކިޔުއެއްގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި، އަގުހުރި އެތައް ވަގުތުތަކެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

އުރީދޫ އެމްފައިސާއަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ރެޖިސްޓާ ކުރެވޭނެއެވެ. އުރީދޫން އެމް ފައިސާ ތައާރަފްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

މި ޚިދުމަތުގެ ދަށުން މޮބައިލްގައި ރަޖިސްޓްރީކުރާ އެކައުންޓް މެދުވެރިކޮށް، މޮބައިލް ފޯނު ބޭނުން ކޮށްގެން ފައިސާ ފޮނުވުމާއި، ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރުމާއި، ވިޔަފާރި ކުރުމުގެ އިތުރުން ބިލްވެސް ދެއްކޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް