17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

މެސީއަށް ދަނޑުމަތީގައި ނުކުރެވޭނެ ކަމެއް ނެތް

  • ދެވަނަ ބުރުގައި ފްރާންސް ނުކުންނަން ޖެހޭނީ އާޖެންޓީނާއާ ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 28 ޖޫން 2018 | ބުރާސްފަތި 17:09 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އާޖެންޓިނާގެ ކެޕްޓަން ލިއޮނެލް މެސީ -- ގެޓީ އިމޭޖާސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ދަނޑުމަތީގައި ނުކުރެވޭނެ ކަމެއް ނެތް ކަމަށް ފްރާންސްގެ ކީޕަރު ސްޓީވް މަންޑަންޑާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވާއިރު ދެވަނަ ބުރުގައި ފްރާންސް ނުކުންނަން ޖެހޭނީ މެސީގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ އާޖެންޓީނާއާ ދެކޮޅަށެވެ. މި ވާރލްޑް ކަޕްގެ ފުރަތަމަ ދެ މެޗުގައި މެސީއަށް ލަނޑު ނުޖެހުނު ނަމަވެސް އޭނާ ވަނީ ގްރޫޕް ފިޔަވަހީގެ އެންމެފަހު މެޗުގައި ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ލަނޑު ޖަހާ މޮޅު ކުޅުމެއް ދައްކާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަންޑަންޑާ ބުނީ ފްރާންސްގެ ކުޅުންތެރިން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނަން ޖެހޭނެ ކަމަށާއި މެސީ އަދި އާޖެންޓީނާއަށް ކުޅުމުގެ އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އޭނާ ބުނީ އެހެން ކުޅުނު ނަމަވެސް މެސީއަކީ ކޮންމެ ކަމެއް ވެސް ކުރެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެ ކަމަށް މަންޑަންޑާ ބުންޏެވެ.

އޭނާ ބުނީ މެސީ ހުއްޓުވަމަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ލަލީގާގައި އޭނާއާއެކު ބާސާއަށް ކުޅުނު ކުޅުންތެރިންނާއި އޭނާއާ ދެކޮޅަށް ކުޅުނު ކުޅުންތެރިން ފްރާންސްގެ ޑިފެންސަށް ކުޅުން ކަމަށެވެ. އޭނާ އިޝާރާތްކުރާ ކުޅުންތެރިންނަކީ ބާސެލޯނާގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ އަދި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފައޭލް ވަރާންއެވެ. މި ދެ ކުޅުންތެރިންނަކީ ފްރާންސްގެ ޑިފެންސްގެ މައި ދެ ތަނބެވެ. އެހެންކަމުން މެސީ ފޮނުވާ ހަމަލާތައް ދިފާއުކުރުމުގެ ގާބިލްކަން ފްރާންސްގައި އެބަހުރި ކަމަށް މަންޑަންޑާ ބުންޏެވެ.

އާޖެންޓީނާ ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކަމަށްވާއިރު ފްރާންސް ކޮލިފައިވީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މަންޑަންޑާ ބުނީ އާޖެންޓީނާ ކުޅުނު މެޗުތައް އަދި ނުބަލާ ކަމަށާއި އެހެން ނަމަވެސް މެސީއަކީ ކާކުކަން ފްރާންސްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށެވެ. ހަމައެގޮތަށް އެޓީމުގައި ތިބީ ވަރަށް ކޮލިޓީ ކުޅުންތެރިން ކަމަށާއި އާޖެންޓީނާ އާއި ދެކޮޅަށް ކުޅުމަކީ އަބަދުވެސް ދަތި ކަމެއް ކަމަށް މަންޑަންޑާ ބުންޏެވެ.

އާޖެންޓީނާ އަދި ފްރާންސް ބައްދަލުކުރާ ފޯރިގަދަ ދެވަނަ ބުރުގެ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 19:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް