22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އުތުރުު ކޮރެއާ -އެމެރިކާ

ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ދަނީ ހިނގަމުން! ކޮބައިބާ ލީޑަރު ކިމް ވެވަޑައިގަތް ވައުދުފުޅު؟

 • ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައި
 • ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅެ އޭގެ ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް
 • އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ ސެޓަލައިޓް ފޮޓޯތަކެއް ވަނީ އާންމުކޮށްފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 28 ޖޫން 2018 | ބުރާސްފަތި 16:55 | |

މަގުބޫލް

 1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
 2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
 3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
 7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
 8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ ގައި އޮޕަރޭޝަންސް ހިނގާކަން ދައްކައިދޭ ސެޓަލައިޓް ފޮޓޯ -- ސީއެންބީސީ

އެމެރިކާ އާއި އުތުރު ކޮރެއާ އަކީ ހަތުރުންނެވެ. އެހެނަސް ޖޫން 12 ގައި ދެގައުމުގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު މިތުރުންނަށް ދެގައުމު ވާން އުޅޭ ކަހަލައެވެ. އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާތީ އާއި މިސައިލްތައް ޓެސްޓްތައް ކުރަމުންދާތީއެވެ.

ކޮންމެއަކަސް ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ހަގީގަތަކަށް ވެއްޖެއެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވުން ބޭއްވިއެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ގަޑިން ހެނދުނު 9 ޖެހިއިރު ރައީސް ޓްރަމްޕް އާއި ކިމް ޖޮން އުން ވަނީ ކަޕެލާ ހޮޓެލްގައި ބައްދަލުކުރައްވައި، ސަލާން ކުރައްވައިފައެވެ. އަދި ދެގައުމުގެ ވެރިން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

ދެ ގައުމުގެ ވެރިންގެ ބައްދަލުވުމުން ހާސިލުވީ ކޮންކަމެއްތޯއެވެ؟ އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް ކަމަށެވެ." ދެގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ދެއްވި ޕްރެސް ކޮންފަރެންސް އެއްގައި އެމަނިކުފާނު ވިދާޅުވީ ދެކުނު ކޮރެއާއާ ގުޅިގެން އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ހުއްޓާލާނެ ކަމަށާއި ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީންތަކަކީ ރުޅިއެރުވުމެއް ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އުތުުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިވަގުތަށް ދެމި އޮންނާނެ ކަމަށެވެ. ދެ ކޮރެއާ އުފެދުނު ފަހުން ދެކުނު ކޮރެއާ ހިމާޔަތުގައި އެމެރިކާ އިން ގިނަ އަދަދެއްގެ ސިފައިން އެ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ބައިތިއްބާއިރު، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީންތައް ބާއްވައެވެ. އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކަކީ އުތުރު ކޮރެއާ އަށް ހުރި ބިރެއް ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. ކަންމިހެންހުރި އިރު، ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ބަސްމަގާއި އަމަލުތައް ފެނިގެން ދަނީ ސުލްހައާއި ދިމާލަށް މިސްރާބު ޖަހާ ތަނެވެ. އެއްގައުމުން އަނެއް ގައުމަށް "ހޫނު" ބަސްތައް ރައްދުކުރާ ތަނެއް ނުފެނެއެވެ. އަމަލުތައްވެސް ފެނިގެން ދަނީ މަޑުމައިތިރި ގޮތަކަށެވެ. އެހެންނަމަވެސް، ޖޫން 28 ވީ ބުރާސްފަތި ދުވަހު މީޑިއާގައި ރިޕޯޓު ކުރަމުންދާ ވާހަކައަކީ ސިއްސައިގެން ދާ ފަދަ ވާހަކައެކެވެ. މިހާތަނަށް ދެގައުމުންނާއި އަދި ދެކުނު ކޮރެއާ އާއި އަދިވެސް އެހެނިހެން ގައުމުތަކުން ޑިޕްލޮމަސީ ކުރިއަށް ނެރެ ކުރި މަސައްކަތް "ދިޔައީ ފެނަށް" ކަމަށް ބެލެވޭނެ ޖާގަވެސް އެބައޮތެވެ.

ޖޫން 28 ވީ ބުރާސްފަތި ދުވަހު އިވިގެން ދިޔަ ވާހަކައަކީ އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ވާހަކައެވެ. މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުން ދަނީ އުތުރު ކޮރެއާގެ ލީޑަރު ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ބޭއްވުނު ބައްދަލުވުމުގައި، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، މިއީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެކަމެއް ނޫން ކަމަށެވެ. އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަން ހާމަކޮށްފައި ވަނީ "38 ނޯތް" ނަމަކަށް ކިޔާ ބައެކެވެ. "38 ނޯތް" އަކީ އުތުރު ކޮރެއާގެ ކަންކަން ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ އައުޓްލެޓެކެވެ. އެގޮތުން "38 ނޯތް"ގެ ތިން ރިސާޗަރުން ފަހުގެ ރިޕޯޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ "ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ" ގައި މަސައްކަތްތަކެއް ވަރަށް "ހަލުވި ދުވެއްޔެއްގައި ކުރެވެމުންދާ ކަމަށް" ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށެވެ. ޖޫން 21 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ފެނުންތަކާއި އަދި އުތުރު ކޮރެއާގެ ރިޕޯޓާ ބެހޭގޮތުން "38 ނޯތް" ގެ މެނޭޖިން އެޑިޓަރު ޖެނީޓައުން ޓްވިޓާ ގައި ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލާގައި ބޭނުން ވަނީ ހަރުދަނާ އަދި ބުރަދަން ހުރި ޑީލެއް ކަމަށާއި "ކުރަން ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ބަޔާނެއް ނޫން ކަމަށެވެ."

މިހާހިސާބުން ދެން އުފެދޭނެ ސުވާލަކީ ދެން ކަންކަން ބަދަލުވެގެން ދާނީ ކިހިނަކުންތޯއެވެ؟ އަނެއްކާވެސް ކަންކަން ހަލަބޮލިވެގެން ގޮސް ދެކޮރެއާ މަސްރަހު ހަލަބޮލިވެ އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން އިހުނަށްވުރެވެސް ގޯސްނުވާނެތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް