17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މީރާ

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

  • ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިސާއިން ރެމިޓެންސް ޓެކްސް ނެގޭނެ
ސަހުބާން ފަހުމީ | sahubaan

| 17 ޖެނުއަރީ 2017 | އަންގާރަ 19:25 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މީރާ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަތުން ރެމިޓެންސް ނެގުމާ ބެހޭ ގޮތުން މީރާއި ކަނޑައަޅާފައިވާ އުސޫލަށް ބަދަލުގެނެސްފިއެވެ.

 

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ނިމިގެންދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީ މަސައްކަތްތެރިއްްގެ އަތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި އެ މީހެއްގެ އެކައުންޓަށް ޖަމާކުރާ މުސާރައިން ތިން ޕަސެންޓްގެ ޓެކުހެއް ނަގައެވެ. އަދި ބިދޭސީ މަސައްކަތްެިރިން ރާއްޖެއިން ބޭރަށް ފޮނުވާފައިސާއިން ވެސް ތިން ޕަސެންޓުގެ ޓެކުހެއް ނަގައެވެ.

 

ރެމިޓެންސް ޓެކެސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ގެނައި އިސްލާހުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިސާއިން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ނެގޭނެ ކަމަށެވެ.

 

މީރާއިން އަލަށް އެކުލަވާލި އުސޫލުގައި ބުނެފައިވާ ގޮތުގައި ދިވެހިރައްޔިތެއް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއެއްގެ ފަރާތުން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ވެސް ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ނެގޭނެ ކަމަށެވެ. ހަމައެހެންމެ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ބޭންކްއެކައުންޓެއް ހުޅުވާފައި ނެތުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއެއް ބަޒީފާއިން ވަކިވުމުން ދިވެހިރާއްޖޭގައި ހުޅުވާފައިވާ އޭނާގެ ބޭންކް އެކައުންޓް ބަންދު ކުރުމުގެ ސަބަބުން ވަޒީފާދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ފޮނުވާނަމަ އެ ފައިސާއިން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ނެގޭނެ ކަމަށް މީރާގެ އުސޫލުގައި ބުނެފައިވެއެވެ،

 

މީގެއިތުރުން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއެއް ނުވަތަ ޑިޕެންޑެންޓް ވިޒާ އޮތް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ނުވަތަ ދިވެހި ރައްޔިތެއް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ދިވެހިރާއްޖެއިން ބޭރަށް ގެންފަން މަސައްކަތް ކޮށްފިނަމަ އެއީ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަތްވުމަށް ކުރި ކަމެއް ކަމަށް ބަލައި ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅާނެ ކަމަށް މީރާގެ އުސޫލުގައި ބުނެފައިވެއެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް