22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

އުތުރު ކޮރެއާ - އެމެރިކާ

އެމެރިކާގެ ދިފާއީ ވަޒީރު ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ބުރާސްފަތި ދުވަހު ފަށްޓަވާނެ

  • އެމެރިކާ އިން ވަނީ ދެކުނު ކޮރެއާ އާއި އެކު ބާއްވަމުންދާ އަސްކަރީ ތަމްރީންތައް ސަސްޕެންޑުކޮށްފައި
  • ޖަޕާނާއި ދެކުނު ކޮރެއާ އަކީ ޓްރީޓީ އެއްގެ ތެރެއިން، އެމެރިކާ އާއި ސަލާމަތީ އެކި ކަންކަމުގައި ގުޅުން އޮންނަ ދެގައުމު
އަހުމަދު އަނޫޝު | IamAhmedAnoosh

| 28 ޖޫން 2018 | ބުރާސްފަތި 15:00 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


އެމެރިކާގެ ދިފާއީ ވަޒީރު މެޓިސް -- އޭއެފްޕީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ބުރާސްފަތި ދުވަހު ފަށްޓަވައިފިއެވެ. 

އެމެރިކާގެ ދިފާއީ ވަޒީރު އެމެރިކާ އާއި ގާތް ރަހްމަތްތެރި އިރުމަތީ އޭޝިއާގެ ގައުމުތަކަށް ވަޑައިގަންނަވާއިރު، އެމެރިކާ އިން ވަނީ ދެކުނު ކޮރެއާ އާއި އެކު ބާއްވަމުންދާ އަސްކަރީ ތަމްރީންތައް ސަސްޕެންޑު ކޮށްފައެވެ. އެ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ސަސްޕެންޑު ކުރީ އެއީ އުތުރު ކޮރެއާ ހިތް ހަަމަ ނުޖެހޭ ކަމަކަށް ވާތީއެވެ. ދެކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަަށާއި އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން، ސިންގަޕޫރުގައި ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރީޚީ ބައްދަލުވުމެއް ބާއްވާފައެވެ. 

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ޗައިނާ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި ދުވަހު މެންދުުރު ދެކުނު ކޮރެއާ އަށް ވަޑައިގެންނަވާނެއެވެ. ދެކުނު ކޮރެއާގެ އިސް އޮފިޝަލުންނާ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ޖިމް މެޓިސް ޖަޕާނަށް ވަޑައިގަންނަވާނެއެވެ. 

ޖަޕާނާއި ދެކުނު ކޮރެއާ އަކީ ޓްރީޓީ އެއްގެ ތެރެއިން، އެމެރިކާ އާއި ސަލާމަތީ އެކި ކަންކަމުގައި ގުޅުން އޮންނަ ދެގައުމެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ މަޝްވަރާތަކުގެ ސަބަބުން، ޖަޕާނާއި އަދި ދެކުނު ކޮރެއާ އާއެކު ވެފައިވާ އެއްބަސްވުންތަކަށް ލޮޅުމެއް އައިސްދާނެ ކަމަށް ބެލެވެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް